ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއުގެ މަރު: ދިގު މުއްދަތަކަށް ފަހު މައްސަލައިގައި ހުކުމަކާ ހަމައަށް!

ޝިއާއުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ޝާހިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ސާހިލް އަލީގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ނިންމާލައި، ހުކުމް އިއްވަން ތައްޔާރުވެއްޖެއެވެ.

ޝިއާއުގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީ، އޭނާ މަރާލާފައި ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ކުށުގެ ވެށިން ހައްޔަރުކުރި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް މި މައްސަލާގައި ފަސް ދައުވާއެއް އުފުލިއެވެ. އޭގެ ތެރެއިން ދެ ދައުވާއެއް ކުރިން ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން (ޕީޖީ) ވިދާޅުވި ގޮތުގައި، ސާހިލްގެ މައްޗަށް އުފުލާފައިވާ ބާކީ ތިން ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ނިންމާލާފައެވެ. އަދި ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ މައްސަލަތަކުގެ ހުކުމް އިއްވާނެ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ދައުލަތުން އެދިގެން މި މައްސަލައިގެ ޝަރީއަތް އަދި ސާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތަފުސީލުތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. ދެން މި މައްސަލައިގައި އޮންނާނީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމެވެ. އަދި ކުށް ސާބިތުވާނަމަ އަދަބު ކަނޑައެޅުން އޮންނާނެއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައިވާ ސާހިލްގެ މައްޗަށް ކުރާ މި މައްސަލައިގައި ފުލުހުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގެން އޮވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: