ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްލަބް ލެގޫންސްގެ މައްސަލައިގައި އަމުރު ނެރުނު ސިވިލް ކޯޓުގެ ޤާޞީ އިހްސާން ސަސްޕެންޑުކޮށްފި

ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާންއާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާ ސަސްޕެންޑު ކޮށްފިއެވެ.

ޖޭއެސްސީން އާއްމުކޮށްފައިވާ މައުލޫމާތުގައިވަނީ ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މިއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ހަވާލާދީ، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން،  ޤާނޫނުގެ 25 ވަނަ މާއްދާގެ (ލ) ގައިވާ ގޮތުގެ މަތީން 19 އޮގަސްޓު 2026 ވަނަ ދުވަހުން ފެށިގެން ގާޟީ އިޙްސާން، ވަގުތީގޮތުން 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ފެންނަކަމަށް  ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އިހްސާން ސަސްޕެންޑުކޮށްފައިވާއިރު އޭނާއަށް ވަނީ ގިނަ ތުހުމަތުތަކެއް އަމާޒުވެފައެވެ. އެގޮތުން އާއްމު އުސޫލުތަކުގެ ބޭރުން، ދަންވަރު ގަޑީގައި އަމުރެއް ނެރުނުކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވެއެވެ. އެ މައްސަލައަކީ ލެގޫންސް ސްޕޯޓްސް ކްލަބުގެ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރެކެވެ.

ކޯޓުގެ ނިންމުމުގައިވާ ގޮތުން ކުލަބުގައި މިހާރު އޮތީ ޤާނޫނީ ގޮތުން ޞައްޙަ ހިންގާ ކޮމިޓީއެއް ނޫން ކަމަށްވާތީ ކޯޓުގެ ޙުކުމާ އެއްގޮތަށް ކަންކަން ބަދަލުކުރަންޖެހެއެވެ. މީގެ އިތުރުން ކުލަބުގެ ފައިސާ ބެލެހެއްޓުމުގައި ހުރި ނޭދެވޭ މައްސަލަތަކަކާ ގުޅިގެންވެސް ސިވިލް ކޯޓުން ވަނީ ޚާއްޞަ އަމުރުތަކެއް ނެރެފައެވެ. މި ހާދިސާތަކާ ގުޅިގެން ސިވިލް ކޯޓުން ވަނީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠަލާލްގެ މައްޗަށް ސީދާ އަމުރުތަކެއް ވެސް ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: