ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯލްޑް ބޭންކުގެ އެހީގައި މަސްވެރިކަމުގެ ސިނާއަތަށް އެހީ ދޭ ސްކީމެއް އިފްތިތާހުކޮށްފި

ވޯލްޑް ބޭންކުގެ އެހީގައި މަސްވެރިކަމުގެ ސިނާއަތަށް އެހީ ދޭ ސްކީމް އިފްތިތާހުކުރުމުގެ ރަސްމިއްުޔާތުގައި މިނިސްޓަުރު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޕްރޮޖެކްޓެއް ދަށުން، މަސްވެރި ސިނާއަތް ކުރިއަރުވައި މާލީ ގޮތުން ބާރުވެރިކުރުމަށް 278 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ފަރުމާކޮށްފައިވާ ގްރާންޓް ސްކީމެއް އިފްތިތާޙުކޮށްފިއެވެ.

އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ސްކީމް އިފްތިތާޙުކޮށްދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއެވެ.

އެ ސްކީމްގެ ދަށުން ޚާއްސަ ހަތް ދާއިރާއަކަށް އިސްކަންދޭއިރު، ޝަރުތުހަމަވެގެން ފާސްވާ މަޝްރޫއުތަކުގެ ޚަރަދުގެ 40 އިންސައްތަ ހަމަޖައްސައިދޭނީ ހިލޭ އެހީގެ ގޮތުގައެވެ.

މައިގަނޑު ގޮތެއްގައި އެ ސްކީމް އަމާޒުކޮށްފައިވަނީ މަސްވެރިކަމުގައި ހަކަތަ ސަމަކާރުކުރުމާއި، ދެމެހެއްޓެނިވި އުފެއްދުންތެރިކަން އިތުރުކުރުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމުގެ އިތުރުން މެރިކަލްޗާ ތަރައްގީކޮށް، އަގު އެއްކުރި މަހުގެ އުފެއްދުންތައް އިތުރުކުރުމަށެވެ. އަދި އަންހެނުންނާއި ޒުވާނުންނަށް ވިޔަފާރިއާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ވެސް ހިމެނެއެވެ.

އެ ސްކީމާ ގުޅޭ މައުލޫމާތު ހޯދުމަށާއި ފަސޭހައިން އެޕްލިކޭޝަން ހުށަހެޅުމަށް ޚާއްސަ ޕޯޓަލެއް މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

މި ސްކީމް ހިންގަނީ ”ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް“ ގެ ނަމުގައި ޖުމްލަ 64.8 މިލިއަން އެމެރިކާ ޑޮލަރުގެ ބަޖެޓަކާއެކު 2023 އިން 2030 އަށް ކުރިއަށްގެންދާ މުޅި ސަރަހައްދުގެ މަސްވެރިކަން ވަރުގަދަކުރުމުގެ މަޝްރޫއެއްގެ ދަށުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: