ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގައި އުޅޭ ރައްޔިތުންނާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީން) އިން މިއަދު ހަވީރު ބައްދަލުކުރަން ނިންމައިފިއެވެ.
އެފްޑީސީން ބުނީ އެފްޑީސީއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށްގެން ބާއްވާ ކޮމިއުނިޓީ ބައްދަލުވުމުގައި ބައިވެރިވުމަށް އެ ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށެވެ.
އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 އިން 18:00 އަށް އަމާން 14ގެ ޕާކިން ސަރަހައްދުގައެވެ.
މިއީ އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް އެފްޑީސީން މިފަދަ ކޮމިއުނިޓީ ގެދަރިންއެއް ބާއްވާ ފުރަތަމަ ފަހަރެވެ.
އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުމަށް ތައްޔާރުވަމުން އަންނައިރު، މާދަމާ ހަވީރު އަމާން އުދަރެސް ޓަވަރު 3 އަދި 4 ކައިރީގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް އެ ކޯޕަރޭޝަނުން ދަނީ އުރީދޫއާ ގުޅިގެން ތައްޔާރުވަމުންނެވެ.

