ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަހަރުގެ ނިޔަލަށް ހިއްކަން ނިންމާފައިވާ ރަސްމާލެއިން މިހާތަނަށް ހިއްކުނީ 716 ހެކްޓަރު

ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 716 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނާޝިދު ވިދާޅުވެއްޖެއެވެ.

އޭނާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނާޝީދު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ހިންގާ ބިންހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ މަޝްރޫއުގެ ދަށުން މިހާރު 716 ހެކްޓަރު ހިއްކައި ރަސްމާލެ ވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައި ކަމަށެވެ.

”މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް. ރަސްމާލެގެ މަސްރޫއު ނިމުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ. މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވުން،“ ނާޝީދު

ރަސްމާލެ މަޝްރޫއުގެ ދަށުން ފުށިދިއްގަރު ފަޅުން ހިއްކަން ނިންމާފައިވަނީ ޖުމްލަ 1150 ހެކްޓަރެވެ. އެހެންކަމުން، އަދި އެ ފަޅުން 434 ހެކްޓަރު ހިއްކަން ޖެހެއެވެ.

އަށް މަސް ތެރޭގައި ނިންމާނެ ކަމަށް ބުނެ ފެށި ރަސްމާލޭ ހިއްކުމުގެ މަސައްކަތް ކުރަމުން އައީ ދުނިޔޭގެ އެންމެ ބޮޑު 2 ޑްރެޖަރު ބޭނުންކޮށްގެނެވެ. އެހެންނަމަވެސް، އެ މަސައްކަތް ނުނިމި މި ދައުރުގެ ދެބައިކުޅަ އެއްބައި ފާއިތުވެ ގޮސްފައިވާއިރު، ސަރުކާރުން ބުނަނީ މަޝްރޫއު މަޑުޖެހުނީ އިގްތިސޯދީ ދަތިތަކައި ގުޅިގެން ކަމަށެވެ. މަޝްރޫއުގެ މަސައްކަތް އަނެއްކާވެސް ފަށާފައި ވާއިރު، މިހާރު އެތަން ހިއްކުމަށް ބޭނުން ކުރަނީ އެންމެ ޑްރަޖެރެކެވެ.

ޖޫން 29 ގައި ބޭއްވި ނޫސްވެރިންގެ ބައްދލަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރަސްމާލެއާއި ގޫޅެ ތަފްސީލްތައް ދެއްވާފައެވެ. އެގޮތުން ރައީސް އޭރު ވިދާޅުވީ އެންމެ ބޮޑަށް ދިމާވި މައްސަލައަކީ، ތެލުގެ އަގު ބޮޑުވުން ކަމަށާއި އެކަމާ ގުޅިގެން ރަސްމާޅެ މަޝްރޫއުއަށް މަޑުޖެހުމެއް އޭރު އައި ކަމަށެވެ.

ރައީސް އޭރު ފާހަގަކުރެއްވީ ކުރީގައި ތިން ޑުރެޖަރަކުން މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެހެންނަމަވެސް ދެން މަސައްކަތް ކުރާނީ ދެ ޑްރެޖަރު ބޭނުންކޮށްގެން ކަމަށާއި، އެއީވެސް ހަރަދުތައް މެނޭޖުކުރަން ކަމަށެވެ. މިހާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ރަސްމާލެ ހިއްކުން ކަމަށާއި އަދި ފަހުން ތާރީހެއް އިއުލާނު ކުރައްވާނެ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: