ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވައިދަށް ބަދަލެއް

ބިދޭސީންތަކެއް މަސައްކަތް ކުރަނީ: ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ”ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު“ ގެ 58 ވަނަ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށް ގަވައިދު އިސްލާހުކޮށްފައެވެ.

ގަވައިދަށް އިތުރުކުރި އަކުރުގައި ވަނީ ބިދޭސީންނަށް ވަޒީފާގެ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ މުސާރަ ޖަމާކުރަންޖެހޭނީ އެމްއެމްއޭގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީން ހުއްދަ ދީފައިވާ ބޭންކެއްގައި އެ މުވައްޒަފެއްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށެވެ.

މި ބަދަލަށް އަމަލުކުރަން ފަށާނީ ގަވައިދު ޝާއިއުކުރާ ތާރީޚުން ފެށިގެން އެއް މަސްދުވަސް ފަހުންނެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވަޒީފާއާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ބޭންކު އެކައުންޓަށް މުސާރަ ޖަމާނުކުރާ ނަމަ ޖޫރިމަނާ ކުރަން ނިންމި ނަމަވެސް، ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވެ އެކައުންޓު ނުހުޅުވުމުގެ ސަބަބުން ޖޫރިމަނާ ކުރުން އޭރު އޮތީ މަޑުޖައްސާލައިފައެވެ.

މީގެ ކުރިން ބިދޭސީންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކުރީ ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ 3 ޕަސެންޓުގެ ރެމިޓެންސް ޓެކްސް ނެގުމުގެ ބޭނުމުގައެވެ.

ގަވައިދު އިސްލާހުކޮށް ބޭންކް އެކައުންޓަށް މުސާރަ ޖަމާކުރުން އަލުން ލާޒިމްކުރީ ”އޮޕަރޭޝަން ކުރަނގި“ގެ ނަމުގައި ހިންގި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ބިދޭސީންގެ ޑޭޓާ ނަގައި ގަވައިދުގެ ތެރެއަށް ފެއްތުމަށްފަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: