ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް 2،013 ބިދޭސީން ޑީޕޯޓު ކޮށްލައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން.-- ފޮޓޯ/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް 2،013 ބިދޭސީން ހައްޔަރުކޮށް ޑީޕޯޓު ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

ހޯމް މިނިސްޓްރީއާ ފުލުހުން އަދި އިމިގްރޭޝަން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް އުޅޭ 2،013 ބިދޭސީން ހިފަހައްޓާފައި ވާނެ ކަމަށެވެ. އަދި އެ އެންމެން ވެސް މިހާރު ޑީޕޯޓު ކޮށްފައިވާނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

އެ މީހުންގެ ތެރޭގައި ސީރިއަސް އެކިއެކި މައްސަލަތަކުގައި ޝާމިލުވާ މީހުން ވެސް ހިމެނޭ ކަން ޝަމްއާން ފާހަގަކުރެެއްވިއެވެ. އޭގެއިތުރުން އޭނާ ވަނީ ރައްޔިތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅުކުރަމުންދާ މާރުކޭޓުގެ މައްސަލައާ ގުޅޭ ތަފްސީލު ވެސް ދެއްވާފައެވެ. ޝަމްއާން ވިދާޅުވީ މާރުކޭޓް ގޮޅިތަކުގައި ބިދޭސީން ތިބޭ މައްސަލަ ވަރަށް ގާތުން ބަލަމުން ދާ ކަމަށެވެ.

ދެން މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ މާރުކޭޓް ގޮޅިތަކާ ދެން އަޅުގަނޑުމެން ރީސެންޓްލީ ޖައްސަމުން މިދާ ރެއިޑްގެ ވާހަކަ. އެކަމުން ވެސް އަޅުގަނޑުމެންނަށް ވަނީ 120 ފަރާތެއް އިމިގްރޭޝަންގެ ދަށަށް ގެނެވި މި ފަރާތްތައް ރާއްޖޭން ފުރުވާލުމަށް މަސައްކަތް މިހާރު ދަނީ ކުރެވެމުން،

އެ މުއައްސަސާއިން ބުނެފައިވާގޮތުން އިމިގްރޭޝަންގެ ވެހިކަލް ގެއްލުން ދިން ބިދޭސީއެއްވެސް ހިފެހެއްޓިކަމަށާއި މި މީހުންނާއިމެދު އިމިގްރޭޝަން ގާނޫނުގެ ދަށޫން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި އެންމެ ފަހުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މާލޭގައި ހިންގަމުންދާ ޓޭކް އަވޭ ކެފޭ ފަދަ ތަންތަން ބަލައި ހިންގަމުންދާ 4 ތަނަކުން ޖުމުލަ 7 ބިދޭސީއަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ހާމަކޮށްފައިވެއެވެ.

އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތައް މުސްތަގުބަލުގައިވެސް ފުޅާކޮށ،ް މިފަދަ ބިދޭސީންގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފޭރާމަށް ލިބޭ ގެއްލުން ކުޑަކޮށ،ް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުންކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: