ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން އަހަރު ތެރޭ ގަވައިދާ ހިލާފަށް 1.6 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނާއި ގަަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތްކޮށް، އަމިއްލަ އެކައުންޓުތަކުގައި ތިން އަހަރު ތެރޭ 54 މިލިއަން ރުފިޔާއާއި 1.6 މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއަކު ފުލުހުންނާއި އިމިގްރޭޝަނުން ހޯދައިފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނާއި ގަަވައިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމާލަތް ކުރާ މީހުން ދެނެގަތުމަށް އެކުލަވައިލައިފައިވާ ޓާސްކްފޯސްއިން ހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެެވެ.

މިހާތަނަށް ތަހުގީގަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ތެރޭގައި އެ މީހުންގެ އެކައުންޓުތަކުގައި ޖުމުލަ 54.4 މިލިއަން ރުފިޔާއާއި 1.63 މިލިއަން ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އެ މީހުންނަކީ ހުއްދަ ދީފައިވާ މަސައްކަތްކުރުމުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އަންނަ ބަޔެއްކަން ދެނެގަނެވިފައިވާ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.

އެ މީހުންނަކީ:

  • މުހައްމަދު ރާހުލް އަމީން، ބަންގްލަދޭޝް (ވަޒީފާ: އެކައުންޓެންޓް)
  • މަސްއޫދު މިއާ، ބަންގްލަދޭޝް (ވަޒީފާ: ވެއިޓަރު)
  • އެމްޑީ ފަރީދުއްދީން، ބަންގްލަދޭޝް (ވަޒީފާ: ޑްރައިވަރު)
  • ދުލްކަރުނައި އިމްރާން ޚާން، އިންޑިއާ (ވަޒީފާ: އިންޖިނިއަރު)
  • މުހައްމަދު އަސަތު ކަަލަންދަރު ހުސައިން، އިންޑިއާ (ވަޒީފާ: ސޭލްސްޕާސަން)
  • މުހައްމަދު މަހަމުދުރު ހަސަން، ބަންގްލަދޭޝް (ވަޒީފާ: ސާފުކުރުން)

ފުލުހުން ބުނީ، ގާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާ ޚިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ މުއައްސަސާއިން ވަނީ އެއްވެސް މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ބަޔަކު ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ މީހެއްގެ މައްޗަށް ވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށެވެ. އެހެންވެ، ގާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް އެއްވެސް މީހަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް ފުލުހުން އިލްތިމާސްކުރިއެވެ.

އެފަދަ އަމަލުތައް ކުރާ މީހުން ހޯދައި ގާނޫނީ ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަގީންކަން އެ މުއައްސަސާއިން ވަނީ ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: