ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އައި އެމެރިކާ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިނެއް ފެނި ބަންދަށް!

ރާއްޖެއައި ފަތުރުވެރިންތަކެއް ސީޕްލޭން ޓާމިނަލްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ރާއްޖެ އެތެރެވި އެމެރިކާގެ މީހެއްގެ ލަގެޖުން ވަޒަން އަޅާފައިވާ މެގަޒިންއެއް ފެނިއްޖެ އެވެ.

މި މައްސަލައިގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން އެވެ.

ފުލުހުންގެ މައުލޫމާތު ދިން ގޮތުގައި، މިމަހުގެ 24 ވަނަ ދުވަހު ރާއްޖެ އައި މި މީހާގެ ލަގެޖް ޗެކްކުރިއިރު، ވަޒަން އަޅާފައިވާ މެގަޒިންއެއް ވަނީ ފެނިފައެވެ

މިކަމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރުމަށްފަހު، ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިދީފަ އެވެ.

ރާއްޖެއަށް މިފަދަ ތަކެތި އެތެރެކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަކަށްވާއިރު، މި މައްސަލަ ފުލުހުން ދަނީ  އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: