ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޒިޓް މޯލްޑިވްސްގެ އާ އެމްޑީއަކަށް ޔާސިރު

ވިޒިޓް މޯލްޑިވްސްގެ އާ އެމްޑީ ޔާސިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުކުރާ ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އާ އެމްޑީއަކަށް އަބްދުﷲ ޔާސިރު ހަމަޖައްސައިފިއެވެ.

އައްޑޫ ސިޓީ ފޭދުއަށް އުފަން ޔާސިރަކީ މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގައި އެކި ވަޒީފާތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެންޓްރިޕްރިނޯސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސަކަށް ވެސް ހުންނެވި ޔާސިރަަކީ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ އެ މަގާމަށް އައްޔަންކުރުމާ ގުޅިގެން އެ ކޯޕަރޭޝަނުން ބުނީ، އާ ހިޔާލުތަކާއެކު ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއްގައި، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބާޒާރުތަކުގައި ރާއްޖޭގެ މަގުބޫލުކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އާ ބާބެއް ފެށިގެންދާނެ ކަމަށެވެ.

ޔާސިރު އެ މަގާމަށް ހަމަޖެއްސީ، މީގެ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ޝިއުރީ މިދިޔަ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ވިޒިޓް މޯލްޑިވްސް ހިންގުމާ ޝިއުރީ ހަވާލުވީ ޖޫން 13، 2024 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: