ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑުމެން ހަމަ ތިބެފައި ކަންކަން ނިންމަނީއެއްނޫން، އިގްތިސާދީ ފިޔަވަޅުތައް ރަނގަޅުކަން ރައްޔިތުން ގަބޫލުކުރޭ: ރައީސް

"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިސާދީ ހާލަތާއި ގުޅުވާ ސިޔާސީ ފަރާތްތަކުން އެކި ކަހަލަ ވާހަކަތަކެއް ދެއްކިނަމަވެސް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

”ނޭޝަން ޗެޓް“ ޕްރޮގްރާމްގައި ރައީސް ވިދާޅުވީ، އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށާއި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން އާންމު ރައްޔިތުން ގަބޫލުކުރާ ކަމަށެވެ. އަދި މި މަސައްކަތުގައި ވަރަށް ގިނަ ފަރާތްތަކުގެ އެއްބާރުލުން ލިބެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ރާއްޖޭގެ އިޤްތިސާދީ ހާލަތު ޖުމްލަ ގޮތެއްގައި ރަނގަޅު. ވަރަށް ގިނަ ފަރާތްތަކުން އެއްބާރުލުން ހަމަ ދެއްވާ. ސިޔާސީ ފަރާތްތަކުން އެކި ކަހަލަ ވާހަކަތަކެއް ދެއްކިނަމަވެސް ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކަކީ ރަނގަޅު ފިޔަވަޅުތަކެއް ކަމަށާއި އެއީ އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށް ރައްޔިތުން ގަބޫލުކުރޭ،“ ރައީސް

ރައީސް ވިދާޅުވީ، ސަރުކާރުން ހަމަ ތިބެފައި ކުއްލިކުއްލިއަށް ކަންކަން ނިންމުމުގެ ބަދަލުގައި މި ހާލަތުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ފަންނީ ބޭފުޅުންނާއި މަޝްވަރާ ކުރެވިގެން ނިންމާ ނިންމުންތަކެއް ކަމަށެވެ. އެގޮތުން ގާނޫނުތައް ހެދުމާއި ގާނޫނުތަކަށް ގެނެވޭ އިސްލާހުތަށް ވެސް ނިންމަނީ ”ފެކްޓް ބޭސްޑް“ކޮށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަޅުގަނޑުމެން ހަމަ ތިބެފަކައި ކަންކަން ނިންމަނީއެއްނޫން. އެތައް މަހެއް އެތަށް ދުވަހެއްގެ މަޝްވަރާއާއި އަދި ޓެކްނިކަލް އިވެލިއޫޝަންތަކާއި ދިރާސާތަކާއި ބޭރު ގައުމުތަކުގައި މިކަންކަން ކޮށްފައި ހުންނަ ގޮތާއި މިހުރިހާ ކަމެއްވެސް އަޅުގަނޑުމެން ޓީމުތަކުން ބަލާ. އަޅުގަނޑުމެންގެ ޓީމުގައިވެސް މިކަންކަމާއި ހަވާލުވެ މިތިބީ ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުންނާއި ފަންނީ ގޮތުންވެސް ޤާބިލު މީހުން،“ ރައީސް

ސަރުކާރުގެ އަމާޒަކީ އިގްތިސާދު ކުރިއެރުވުން ކަމަށްވާތީ، އަދި އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާކަމަށެވެ. ރައީސް ވިދާޅުވީ، ޑޮލަރުގެ ކަޅު ބާޒާރު އުފެދިގެން އައީ އިއްޔެއަކު މިއަދަކު ނޫން ކަމަށެވެ. އަދި ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ޑޮލަރުގެ ކަޅު ބާޒާރަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެތިން އަހަރު ތެރޭގައި އިގްތިސާދު ފުޅާކޮށް ކުރިއެރުވުމަށް އެތައް ކަމެއް ހާސިލުކޮށް، ތަންފީޒު ކުރަން ފެށިފައިވާ ކަމަށެވެ. އެގޮތުން ޓޫރިޒަމް، މަސްވެރިކަން، އައިޓީ/ޓެކްނޮލޮޖީ އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިމެނޭހެން ހުރިހާ ދާއިރާއެއް އިގްތިސާދީ ގޮތުން ކުރިއަރުވަން ސަރުކާރުން އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ލޯނު ނުވަތަ ދަރަނީގެ ގޮތުގައި ދައްކާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިގްތިސާދު ރަނގަޅު ކުރުމަށް ޓަކައި ވަރަށް ގިނަ ކަންކަން އަދިވެސް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުން، ރާއްޖެއިން ބޭރަށް ބޭރު ފައިސާ ގެންދިއުމާއި، ރާއްޖެ އެތެރޭގައި އެކި ކަންކަމުގައި ބޭރު ފައިސާ ބޭނުންކުރުން ފަދަ އެތައް ކަމެއް ވަކި ގޮތަކަށް ބައްޓަންވެފައިވާ ކަމަށް ވިދާޅުވިއެވެ. އެކަން ރަނގަޅުކުރަން ވަގުތު ނަގާނެ ކަމަށާއި، ނަމަވެސް އެކަންކަން ރަނގަޅު ކުރަން ވަކި ތަރުތީބެއްގެ ތެރެއިން ފިޔަވަޅުތަކެއް އަޅަންވެސް ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި މައްސަލަ ހައްލު ވަމުންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ވަނީ އެތެރޭގެ ބޭންކުތައް އިތުރުކޮށް ދިވެހި މާލީ ނިޒާމުގެ ތެރޭގައި އާމްދަނީ ދައުރުވާ މިންވަރު އިތުރުކުރުމަށާއި، އެތެރޭގެ ކުރެވޭ މާލީ މުއާމަލާތްތައް ދިވެހި ފައިސާން ކުރާ ގޮތަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ތަންފީޒުކުރަން ފަށާފައެވެ. އެގޮތުން 2030 ގެ ނިޔަލަށް ޑޮލަރުން މުސާރަ ދިނުން ހުއްޓުވުން ވެސް ހިމެނެއެވެ. އަދި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހިމެނޭހެން ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް ކޮންމެ މަހަކު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނު ވެސް ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: