ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޮވެމްބަރު 11 ގައި ރަސްމާލެ މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރަން އުޅޭކަމަށް ބުނާ ވާހަކަ ރައީސް ދޮގުކުރައްވައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ދުވަހު ރަސްމާލެ މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި އީގަލް ހިލްސްއާއެކު ސޮއިކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފިއެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާއެކު ”މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ“ މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި އަވަސް އަރުވާލައިގެން ނޮވެމްބަރު 11 ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގައި ސޮއިކުރަން ސަރުކާރުން އުޅޭ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ނޮވެމްބަރު 11 ގައި ސިއްރިއްޔާތުގައި ރަސްމާލެ އެއްބަސްވުމުގައި ސޮއިކުރަން އުޅޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަމުންދާ ކަމަށާއި އެއީ އެއްވެސް ވަރަކަށް ހަގީގަތެއް ނޫން ކަމަށެވެ. އަދި އެއީ ސަރުކާރުގެ ތެރޭގައި މަޝްވަރާވެސް ކުރެވުނު ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އުޅެނީ އެފަދަ ހިޔާލީ ދުނިޔެއެއްގައި ކަމަށާއި ސަރުކާރުން ތިބީ ރައްޔިތުންނާއެކު ހަގީގީ ދުނިޔޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލޭގައި ހިންގަން އުޅޭ މަޝްރޫއުއަށް މަގުފަހިކުރުމަށް ”އިންޓަަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯން“ ކަނޑައެޅުމާ ބެހޭ ބާބެއް ހިމެނޭ ގޮތަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލެއް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅާފައިވާއިރު، ރައީސް ވިދާޅުވި ގޮތުގައި، މަޖިލީހުގެ މި ދައުރު ނިންމާލާނެ ކަމަށް ބެލެވެނީ ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލުގެ މަސައްކަތް ނިންމުމަށްފަހުއެވެ. އަދި މަޝްރޫއުގެ ރަަސްމީ އެއްބަސްވުމުގައި ސޮއިކުރާނީ އެއަށްފަހު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންނަމަވެސް، މިދިޔަ އޮކްޓޯބަރު 19 ވަނަ ދުވަހު ”ސަންގު“އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ވަނީ، ސަރުކާރުގެ ވިސްނުމަކީ ވީހާވެސް އަވަހަކަށް، ނުވަތަ ނޮވެމްބަރު 11 ވަނަ ދުވަހުގެ ކުރިން ނުވަތަ އެ ދުވަހާ ހަމައަށް އެއެއްބަސްވުމުގައި ސޮއިކޮށް އެއްކޮށް ނިންމާލުން ކަމަށް ވިދާޅުވެފައެވެ.

އެ ދުވަހު ތަރުޖަމާނު ވިދާޅުވީ، ކޮމާޝަލް ޓާމްސް އެގްރީމެންޓާއި، އެމްއޯޔޫ އަދި ލެޓަރ އޮފް އިންޓެންޓް (އެލްއޯއައި) ގެ މަރުހަލާތަކަށްފަހު، މިހާރު ކުރިއަށްދަނީ އެ މަޝްރޫއުގެ ރަސްމީ މައިގަނޑު އެއްބަސްވުން އެކުލަވާލުމާއި ގާނޫނީ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތްތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: