ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރާގައި ޒަކާތަށް ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ޒަކާތު ހައުސްއިން ކުރިއަށް ގެންގޮސްފި

ފޮޓޯ: ޒަކާތު ހައުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރާ ރަށު ކައުންސިލާ ގުޅިގެން، ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަރާތުން ކ. ހުރާގައި، ޒަކާތަށް ހޭލުންތެރިކުރުމުގެ ޕުރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ޒަކާތު ހައުސްއިން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމުގެ ދަށުން، އެ ރަށުގެ އާންމު ރައްޔިތުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައިވެއެވެ. މި ސެޝަނުގައި އިސްލާމްދީނުގައި، ހާއްސަކޮށް މުދަލު ޒަކާތަށް ދެއްވާފައިވާ އަހަންމިއްޔަތާއި ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް އަލިއަޅުވާލަފައިވާނެ ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އިއްޔެގެ މެންދުރު ފަހު ސްކޫލު ދަރިވަރުންނަށް ޚާއްސަކޮށްގެން އެ ރަށު ސުކޫލުގައި ވެސް ވަނީ މައުލޫމާތު ސެޝަނެއް ބާއްވާފައެވެ.

މައުލޫމާތު ސެޝަންތައް ބޭއްވުމުގެ އިތުރުން، އެ ރަށު ޒިންނޫރައިން މިސްކިތުގައި، އިއްޔެގެ މަޣްރިބް ނަމާދަށް ފަހު ވަނީ، ޒަކާތުގެ ޝަރުޢީ ޙުކުމްތަކުގެ މައްޗަށް އަލިއަޅުވާލާ ދަރުހެއް ބާއްވާފައެވެ. ދަރުސް ދެއްވީ ޒަކާތު ހައުސްގެ ވާޢިޡު މުޝްރިފް، އައްޝައިޚް ޢިއްޒައްދީން އަދުނާނެވެ.

އިއްޔެގެ ހަވީރުގެ ވަގުތުގައި އެ ރަށުގެ ބައެއް ވިޔަފާރި މަރުކަޒުތަކަށް ޒިޔާރަތްކޮށް މުދަލު ޒަކާތާ ގުޅޭ މައުލޫމާތު ވިޔަފާރިވެރިންނާ ހިއްސާކުރުން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، އިއްޔެގެ މަޣްރިބް ނަމާދަށްފަހު ހުރާގެ ޒިންނޫރައިން މިސްކިތުގައި ޒަކާތުގެ ޝަރުޢީ ޙުކުމްތަކާ ގުޅޭގޮތުން ހާއްސަ ދީނީ ދަރުސެއް ވެސް ދީފައިވެއެވެ. މި ދަރުސް ދެއްވީ ޒަކާތު ހައުސްގެ ވާޢިޡު މުޝްރިފް، އައްޝައިޚް ޢިއްޒައްދީން އަދުނާނެވެ.

ހުރާ ކައުންސިލާއި ހުރާ ސްކޫލް މެނޭޖްމަންޓުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށް ގެންދިޔަ އެ ހަރަކާތްތަކަށް އެ ދެ އިދާރާގެ އިތުރުން ހުރާގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި ތަރުހީބު ފާހަގަކޮށް، ޒަކާތު ހައުސްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި އެ ފަރާތްތަކަށް ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: