ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީގެ 40 އިންސައްތަ މާރު ނުކުރުމަށް ރިސޯޓުތަކަށް ގޮވާލުމަކީ، ކުށް ކުރަން ހިތްވަރު ދިނުން: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށް ފާސްކުރި ގާނޫނަށް އަމަލުނުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލެއްވި ގޮވާލެއްވުމަކީ ކުށްކުރުމަށް ގޮވާލައި، އެކަމަށް ދައުވަތު ދިނުންކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ޓައުންހޯލް ޖަލްސާތައް އަތޮޅުތެރެއަށް ފުޅާކޮށް، ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ބޭރު ފައިސާއާއި ބެހޭ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކަށް ދެކޮޅު ހަދައި އެ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ 40 ޕަސެންޓް މާރުކުރުމަށް މަޖުބޫރު ކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެކަމަށެވެ. އަދި އެ ނިންމުމާ ދެކޮޅަށް ހުރިހާ ރިސޯޓުތަކަކުން ތެދުވެ، އެއަށް އަމަލުނުކުރާނެކަމަށް ބުނަން ކެރެންވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ރައްދު ދެއްވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ އެ ވާހަކަފުޅަކީ ކުށަކަށް ދައުވަތު ދިނުން ކަމަށެވެ. އަދި މިކަމުން ސާފުވަނީ އެމަނިކުފާނުގެ ހިތުގައި ހަސަދަވެރިކަމާއި ދަހިވެތިކަން ހުރުންކަމަށް ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ އިދިކޮޅުން މިހާރު މަސައްކަތް ކުރަމުން ދަނީ މި ސަރުކާރު ވައްޓާލައި ބަދަލުކުރުމަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލުގައިވާ ގޮތުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން އޭ ކެޓަގަރީގެ ވިޔަފާރިތަކުން، ލިބޭ ޑޮލަރުގެ 40 އިންސައްތަ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާނެ އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެފައި ވަނީ، ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރެވެން އޮތީ ބޭރު ފައިސާ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ޑޮލަރު މާރުކޮށްގެން ކަމަށެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް މާރުކުރި ޑޮލަރުގެ 56 ޕަސެންޓް ހޭދަކޮށްފައިވަނީ ދައުލަތުގެ ބޭރުގެ ދަރަނި އަދާކުރުމަށް ކަމަށްވެސް ގަވަރުނަރު ހާމަކުރެއްވި އެވެ.

މި ގާނޫނު ފާސްކޮށްފައިވާއިރު، ރިސޯޓުތައް ހިންގާ ފަރާތްތަކުގެ ޖަމިއްޔާ (މަޓީ) އިން ވެސް ބަޔާނެއް އާންމުކޮށް ބުނީ ރިސޯޓުތަކުގެ ހިންގުމުގެ ހަރަދުތަކާއި، މުސާރަ އާއި، ޓެކުހާއި، ލޯނު އަދި ތެލުގެ ހަރަދުތައް ހަމަޖައްސަނީ ޑޮލަރުން ކަމަށްވާތީ، 40 ޕަސެންޓް މާރުކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް ތަހައްމަލުކުރަން އުނދަގޫވާނެ، ދަތި ބުރައެއް ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: