ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭޔަރު ސައުދުއާއި ކުޅެން އުޅުމަކީ ގޯހެއް، މުޅި ތިނަދޫގެ ތާއީދު ސަރުކާރަށް ގެއްލޭނެ: ރައީސް ޔާމީން

ކުރީގެ ދެ ރައީސުންނާއެކު ތިނަދޫގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ޔާމީނާއި މޭޔަރ ސައުދު ސަލާމް ކުރައްވަނީ --
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާ މެދު ސަރުކާރުން ފިޔަވަޅު އަޅައި، އޭނާއާއި ކުޅެފިނަމަ މުޅި ތިނަދޫގެ ތާއީދު މި ސަރުކާރަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގެއްލޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތިނަދޫ ސިޓީގައި މީހުން އަލަށް އާބާދުވިތާ 60 އަހަރުވުން ފާހަގަކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތްތަކާއި ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލު ކުރައްވައި ރައީސް ޔާމީނާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ރަށަށް ވަޑައިގަތެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އާބާދީ އޮޅުވާލިކަމަށް ބުނެ ސައުދުގެ މައްޗަށް ތުހުމަތުކޮށް، އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވީ އެ ރަސްމިއްޔާތަށް ފަހު އެވެ.

ޕީއެންއެފްގެ އޮފީހުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، ސައުދުގެ މައްސަލަ ކުއްލިއަކަށް ހިނގައިގަތީ އޭގެ ފަހުން ކަމަށެވެ. އަދި ސައުދުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ، އެމަނިކުފާނު ތިނަދޫއަށް ވަޑައިގަތުމުންކަމަށް ވެސް ވިދާޅުވި އެވެ.

ސައުދަށް ދިމާވެގެން މި އުޅޭ މައްސަލައަކީ އަޅުގަނޑު ހަމަ އެ ތަނަށް ދިޔަކަން.. އެހެންވީމާ ހާދަ ވަރަކަށް. އެކަމަކު ދެން ސައުދު ރަނގަޅުކަމުން ހުސްގަނޑީ ވެސް ނުބަހައްޓާ އިނގޭތޯ. އެކަމަކު ހާދަ ވަރަކަށޭ އިނގޭތޯ، އަޅުގަނޑު މި ކުރާ ކަންކަމާ ގުޅިގެން، އަޅުގަނޑު މިދާ ތަންތަނުގެ ރައްޔިތުންނަށް އިސްމީހުންނަށް މި އަދަބުދެނީ. މި ހުންނަނީ ބޮޑެތި އަނިޔާކުރާ.. ދެން އަޅުގަނޑު ހަމަ ދަންނަވާނީ އަޅުގަނޑަށް އެ ރަށުން މި ފެނުނު މަންޒަރު.. ސައުދާ ކުޅެލައިފިއްޔާ.. އަޅުގަނޑު ގަބޫލުކުރެވޭތޯ މުޅި ތިނަދޫ، މުޅި ތިނަދޫ މުއިއްޒަށާ މި ސަރުކާރަށަށް ގެއްލުނީ، ގެއްލުނީ. ސައުދަކީ އެތާ ޕޮޕިއުލަރ ބޭފުޅެއް. ސައުދަކީ އެތާ ޕޮޕިއުލަރ ބޭފުޅެއް، ހިދުމަތްތެރި ބޭފުޅެއް. އެހެންވެގެން ދެއްތޯ ތިންވަނަ ދަރުގައި ހޮވޭނީ. އެހެންވީމާ މި ކަހަލަ ވިޔާނުދާ ކަންތައް ކުރަންޏާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މުޢިއްޒު އެ އުޅެނީކީ ރައްޔިތުންގެ ވޯޓު ހޯދައިގެން ދެވަނަ ދަރުގައި އަންނާންކަމަކަށް.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވަޑައިގަންނަވާ ތަންތަނުގެ އިސްވެރިންނަށާއި ރައްޔިތުންނަށް މި ސަރުކާރުން ބޮޑެތި އަނިޔާތަކާއި އަދަބުތައް ދެމުންދާ ކަމަށެވެ. މިއީ ސަރުކާރުން ކުރަމުންދާ ވަރަށް ނާއިންސާފު އަމަލުތައްކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

ސައުދަކީ ތިނަދޫގެ ރައްޔިތުންގެ މެދުގައި މަގުބޫލު އަދި އެ ސިޓީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ރައީސް ޔާމީން ފާހަގަކުރެއްވި އެވެ. އަދި އޭނާ ތިންވަނަ ދައުރަކަށް ހޮވުނީ ވެސް އެ ސަބަބާ ހުރެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިފަދަ ވިޔާނުދާ ކަންކަން ކުރަމުންދާނަމަ، ރައްޔިތުންގެ ވޯޓު ހޯއްދަވައިގެން ދެވަނަ ދައުރަކަށް ރައީސް މުއިއްޒު އުޅުއްވާކަމަށް ގަބޫލުނުކުރެވޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: