ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

އެނގިފައިވާ ގޮތުގައި އަންވަރު އިބްރާހީމް ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ހަފުތާގައެވެ. އަންވަރު ރާއްޖެއަށް ވަޑައިގަންނަވާނީ ބްރެޒިލާއި އިންޑިއާ އާއި ޗައިނާ އަދި ރަޝިއާ އިސްނަގައިގެން އުފައްދާފައިވާ އިގުތިސާދީ ޖަމިއްޔާ ކަމަށްވާ ”ބްރިކްސް“ގެ ސަމިޓެއްގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާއަށް ކުރައްވާ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހުގައެވެ.

އަންވަރުގެ އެ ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރަކު ނުވަ އަހަރުފަހުން ރާއްޖެ ކުރައްވާނެ ފުރަތަމަ ދަތުރުފުޅެވެ. އެގޮތުން އެންމެފަހުން 2017 ވަނަ އަހަރު ރާއްޖެ ވަޑައިގަތީ މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު ނަޖީބް ރަޒާގެވެ.

މި ސަރަހައްދުގައި އެންމެ ކުރިއަރައިފައިވާ އެއް ގައުމު ކަމަށްވާ މެލޭޝިއާއަށް މިދިޔަ އަހަރުގެ އޭޕްރިލް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު ދުވަހުގެ ދަތުރުފުޅެއް ކުރެއްވިއެވެ. އެއީ ބޮޑުވަޒީރު އަންވަރު ދެއްވި ދައުވަތަކާ ގުޅިގެން އޭޕްރިލް މަހުގެ 27އިން 30އަށެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ މެލޭޝިއާގައި ކުރިއަށްގެންދިޔަ މޯލްޑިވްސް – މެލޭޝިއާ ބިޒްނަސް ފޯރަމްގައި ތަގުރީރުކުރައްވައި، ރާއްޖޭގައި އިންވެސްޓްކުރުމަށް ވިޔަފާރިތަކަށް ދަޢުވަތު ދެއްވައިފައެވެ.

މީގެ އިތުރުން އެ ދަތުރުފުޅުގެ ތެރެއިން، ދިވެހި ސަރުކާރާއި މެލޭޝިއާ ސަރުކާރާ ދެމެދު އެއްބާރުލުން ދިނުމާ ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: