ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫރަޕުން އަނިޔާވެރިވި އިރު، ޔަހޫދީންނަށް އެހީވީ މުސްލިމު ގައުމުތަކުން: މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫރަޕުން ޔަހޫދީންނަށް ނާއިންސާފުން އަމަލުކުރަމުންދިޔައިރު، އެ މީހުންނަށް ހިމާޔަތްދިނީ މުސްލިމު ގައުމުތަކުންކަމަށް ފާހަގަކުރައްވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑރ މަހާތީރު މުހައްމަދު އިސްރާއީލަށް ފާޑުވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ހަމާސް އަދި އިސްރާއީލު ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅޭގޮތުން އަމިއްލަ ސޯޝަލްމީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި މަހާތީރުވަނީ އިސްރާއީލަށް ގިނަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފައެވެ. އޭނާ ވިދާޅުވީ،  އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުން ކަތިލަމުންދާ މަންޒަރުތައް ހައިޑެފިނިޝަންގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓީވީތަކުން ބަލަމުންދާކަމަށެވެ.

މަހާތީރު ވިދާޅުވީ، އިސްރާއީލުން ކަރަންޓު ކަނޑާލުމުގެ ސަބަބުން އަލަށް ވިހާ ކުދިނަށް އޮކްސިޖެން ނުލިބިގެން މަރުވާ މަންޒަރުވެސް ފެންނަމުންދާކަމަށާއި، ކުޑަކުދިންނަށް އަނިޔާލިބިފައިވާ މަންޒަރާއި ބޮން އެޅުމުގެ ސަބަބުން އިމާރާތްތަކުގެ ދަށުވެ މަރުވެފައިވާ މީހުންގެ ހަށިތައް ނެރޭ މަންޒަރުވެސް ފެނިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އަނިޔާ ލިބިފައިވާ މީހުން ގެންދަނީ ސުންނާފަތިވެފައިވާ ހޮސްޕިޓަލުތަކަށްކަމަށާއި ކަފުން ކޮށްފައިވާ ހަށިތައް މުޅި ބިންމަތީ އެކި ތަންތާނގައި އެތުރިފައިވާ މަންޒަރުވެސް ފެނިގެންދާކަމަށެވެ. މަހާތީރު ވިދާޅުވީ، އިސްރާއީލުން ފަލަސްތީނުގައި ކުރަމުންދަނީ ހަނގުރާމައެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ، ފެންނަނީ ހަމައެކަނި އިސްރާއީލުގެ ސިފައިންކަމަށާއި އެއްވެސް ފަލަސްތީނުގެ ސިފައިންނެއް ނެތްކަމަށެވެ. އޭނާ ވިދާޅުވީ، ފެނިގެންދަނީ އާންމު ރައްޔިތުން ގެއްލިފައިވާ އާއިލީ މީހުން ހޯދުމަށް ތެޅިފޮޅޭ މަންޒަރުކަމަށާއި އެތަނުގައި ހަމަނުޖެހުންތަކެއް އޮތިއްޔާ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލު ސިފައިންނާއި ދެމެދުކަމަށް ވިދާޅުވިއެވެ.

މަހާތީރު ވިދާޅުވީ، މިހާރު ހިނގަމުންދާ ކަންކަން ހިނގަމުންދާކަމަށް ގަބޫލުކުރަންވެސް ދަތިކަމަށެވެ. އޭނާ ވިދާޅުވީ، މީގެ ޒަމާންތަކެއް ކުރިން ހިޓުލަރުގެ ނާޒީން ގޭސް ޗެމްބަރުތަކުގައި ޔަހޫދީން މެރިކަމަށާއި އެކަމާއިވެސް އޭނާ ހިތާމަކުރެއްވިކަމަށެވެ. އޭނާ ވިދާޅުވީ، ހިތްދަތިކަމަކީ ކޮބައިކަން ޔަހޫދީން ދަންނާނެކަމަށް އޭނާ ގަބޫލުކުރެއްވިކަމަށެެވެ. އަދި އެ މީހުންނަކީ އެއްވެސް އެހެން ބަޔަކަށް އަނިޔާއެއް ނުދޭނެ ބައެއްކަމަށްވެސް ގަބޫލުކުރެއްވިކަމަށާއި އެހެންނަމަވެސް މިހާރު އޭނާ އަދި މުޅި ދުނިޔެއިންވެސް ޔަހޫދީން އެ މީހުންނަށް ހިމާޔަތްދިން ބަޔަކަށް އަނިޔާވެރިކަމާއިއެކު އަމަލުކުރަމުންދާ މަންޒަރު ފެނިގެންދާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
62%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 29%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: