ކޮރޯނާ ވައިރަހާއި ގުޅިގެން، 18 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މި ކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ކުރި އަޕްޑޭޓްސްގައި ބުނީ، ބުރާސްފަތި ދުވަހުގައި މާލޭ ސަރަޙައްދުގެ 18 ގެއެއްގެ އިތުރުން، 5 ފިހާރައެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.
އެޗްޕީއޭއިން ބުނީ، މާފަންނު 8 ގެއަކާއި، ގަލޮޅު 3 ގެއަކާއި، މައްޗަންގޯޅި 3 ގެއެއްގެ އިތުރުން، ހެންވޭރު 2 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ.
މީގެ އިތުރުން، ވިލިމާލޭގެ އެޕާޓްމަންޓަކާއި، ހުޅުމާލޭގެ ފްލެޓެއް ވެސް ހިމެނޭކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
މި ގޮތުން، މާފަންނުން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، މ.ސަންޝޭޑް 3B އާއި، މ.ހަވާއީ/ފުރަތަމަ ފަންގިފިލާ އާއި، މ.ޔާދު އާއި، މ.ފޯރ ލައިޓްސް/ހަވަނަ ފަންގިފިލާ އާއި، މ.އަލުވިމާގޭ/ގްރައުންޑް ފްލޯއާއި މ.ރަބީޢުފެހި އާއި، މ.ހުދުކަށިމާ/ތިންވަނަ ފަންގިފިލާއާއި، މ.މުލައްމާގެއެވެ.
ގަލޮޅުން މޮނިޓރިންގެ ހާލަތަށް ގެނެސްފައިވަނީ، ގ.އީވްނިންގް ސްޓަރ 4A އާއި، ގ.ހިރާ ބޭކަރީގެ އިތުރުން، ގ.ސަމަންތާ/ ނުވަވަނަ ފަންގިފިލާ އެވެ.
މީގެ އިތުރުން، މައްޗަންގޯޅިން މޮނިޓަރިންގްގެ ހާލަތަށް ގެނެސްފައިވަނީ، މއ. ބީޗް ހައުސްއާއި، މއ.ހެޕީ ގާރޑްން/A 301 އާއި، މއ.ނޫރަނުގެއެވެ.
ހަމައެއާއެކު، ހ.ކުރުނބާ ވިލާ/4ވަނަ ފަންގިފިލާ އާއި، ހ.ފަހާގެ 5B އާއި، ގ.އިވްނިންގް ސްޓަރ 4A އާއި، ގ.ހިރާ ބޭކަރީއާއި، ގ.ސަމަންތާ/ 9 ވަނަ ފަންގިފިލާގެ އިތުރުން، ހުޅުމާލޭ ފްލެޓް 146-03-04 އާއި، ކޮމާާރޝަލް އެފް ބްލޮކް އެޕާރޓްމަންޓް 12D/ވިލިމާލެ ވެސް ހިމެނޭކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
މި 18 ގޭގެ އިތުރަށް، 05 ފިހާރައެއް ވެސް ބުރާސްފަތި ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ. އެއީ، މިހައި ޝޮޕް، މ.ރެޑްވޭވް، ރެޑްވޭވް ޕްލާޒާ، ރެޑްވޭވް މޯލް، އަސްމާ ޓްރޭޑާރސް މި 5 ތަނެވެ.
ކޮރޯނާ ވައިރަހުގެ ހާލަތު ރާއްޖޭގައި ގޯސްވަމުންދާއިރު، މިހާތަނަށް 648 މީހުން މި ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ.

