ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލާހުގެ ރައްދު: މެންބަރުންނާ ގުޅުވައި ކޮންމެ ދުވަހަކު އާ ދޮގެއް ހެދިޔަސް ތި ފިތުނައެއް ނުހިނގާނެ!

"މަތީ މަޖިލިސް" ޕީއެންސީ ކޮންގްރެސްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ މެދުގައި އެއްވެސް ހިޔާލުތަފާތުވުމެއް ނެތްކަމަށާއި، މުޅި ސުޕަމެޖޯރިޓީ އޮތީ ބަދަހިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައިކަމަށް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސް ނިންމާލުމަށް މިރޭ ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ، ޕީއެންސީގެ މެންބަރުން ބައިބައިކުރުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ކޮންމެ ދުވަހަކު ވެސް ފަތުރަނީ އައު ދޮގުތަކެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ހަމަޖެހުން ނަގާލުމަށް ބައެއް ފަރާތްތަކުން އަޑީގައި ތިބެގެން ކުރާ ބޭކާރު މަސައްކަތްތަކެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވިއެވެ.

ފަލާހު ވިދާޅުވީ، ރައީސް މުއިއްޒާއި ޕާޓީގެ ލީޑަޝިޕުން މަޖިލިސް މެންބަރުންނާ ބާއްވަމުންދާ ގާތް ގުޅުމަކީ ނަމޫނާ ގުޅުމެއް ކަމަށެވެ. އެގޮތުން، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުން ވެސް ތިބީ ރައީސް މުއިއްޒު ގައުމަށް ގެނެސްދިނުމަށް ބޭނުންވާ ތަރައްގީއާއި އިސްލާހީ ބަދަލުތައް ގެނައުމަށްޓަކައި ސާބިތުކަމާއެކުކަމަށް ފަލާހު ވިދާޅުވިއެވެ.

އިދިކޮޅަށް ރައްދު ދެއްވައި ފަލާހު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ތެރޭގައި ބައިބައިވުން އުފެއްދުމަށްޓަކައި ތަފާތު ދޮގު ހަބަރުތައް ފަތުރަމުންދާ ކަމަށެވެ. އެގޮތުން، ބައެއް ދުވަސްދުވަހު 10 މެންބަރުން އަދި އަނެއް ދުވަހު 20 މެންބަރުން ޕާޓީން ވަކިވެ، ސަރުކާރާ ދެކޮޅަށް ތެދުވަން އުޅޭ ކަމަށް ބުނެ އަޑުތައް ފަތުރަމުންދާކަން ފާހަގަކުރެއްވި އެވެ.

އެއް ދުވަހަކު ބުނާނެ 10 މެންބަރުންނޭ، އަނެއް ދުވަހު ބުނާނެ 20 މެންބަރުންނޭ ޕާޓީން ވަކިވަނީ. މިފަދަ ނުބައި މެސެޖުތައް ދީގެން، އަމިއްލައަށް އުފާވެލައިގެން ތިބުމުގެ ބަދަލުގައި، އިދިކޮޅު ފަރާތްތަކުން ދެންވެސް ވިސްނުން ބަދަލުކޮށް ހަގީގަތާ ކުރިމަތިލާން ޖެހިއްޖެ

ފަލާހު ވިދާޅުވީ، ސަރުކާރު ހަލާކުކޮށްލުމަށް ކުރާ އެއްވެސް މަސައްކަތަކަށް ޕީއެންސީގެ ޕީޖީ ގްރޫޕުން ޖާގައެއް ނުދޭނެކަމަށާއި، އިދިކޮޅު ފަރާތްތަކުން ދައްކާ ހުރިހާ ވާހަކަތަކެއް ކުރިއަށް އޮތް ތަނުގައިވެސް ދޮގުވެގެންދާނެ ކަމަށެވެ.

ފަލާހު ވިދާޅުވީ، ސަރުކާރު ބަލިކަށިކޮށްލުމަށްޓަކައި ހަގީގަތާ ހިލާފު ޕްރޮޕެގަންޑާ ފެތުރުމަކީ އިދިކޮޅުގެ އާދަކަމަށެވެ. އެގޮތުން ވެރިކަން ކުރާ ކޯލިޝަނުގެ އެތެރޭގައި ބޮޑެތި ރޫޅުންތަކެއް އުޅޭކަމަށް ދައްކަން ކުރާ މަސައްކަތްތަކަކީ ހަމައެކަނި ވަކި ބައެއްގެ ސިޔާސީ މާޔޫސްކަމެއްގެ ތެރެއިން އުފަންވެފައިވާ ވާހަކަތަކެއްކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ ޕީއެންސީގެ މެމްބަރުން ރައްޔިތުން ކުރާ އިތުބާރު ގެއްލޭ ފަދަ އެއްވެސް ކަމަކަށް މެމްބަރުން ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި ފިތުނަ އުފެއްދުމަށް ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން ޕާޓީގެ ސަފުތައް ވަރުގަދަވުން ނޫން ކަމެއް ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: