ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސޯދީ މާހިރުންނަކީ ނަތީޖާ ނެރެދޭ މީހުން، ރައީސް ޑރ. މުއިއްޒަކީ އިގްތިސާދީ މާހިރެއް: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ މާހިރުންނަކީ ނަތީޖާ ނެރެދޭ މީހުން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ އިގްތިސާދީ މާހިރެއް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުން އޭރު ބުނަމުންދިޔައީ ތިން މަސް ތެރޭގައި ބަނގުރޫޓުވެގެން ވެރިކަން ނުކުރެވިގެން ދޫކޮށްލާފައި ދާންޖެހޭނެ ކަމަށް ކަމަށެވެ. ނަމަވެސް އެއްފަހަރާ 900 އެތައް މިލިއަން ޑޮލަރެއް ދައްކަވާފައި އިއްޔެ އިތުރު 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކަވައި ދަރަނިން ސަލާމަތްކޮށްދެއްވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، އިގްތިސާދީ މާހިރުންނަކީ ހަމައެކަނި އަނގައިން ވާހަކަ ދައްކައިގެން ނަތީޖާ ނެރޭ މީހުނެއް ނޫން ކަމަށާއި އިގްތިސާދީ މާހިރުންނަކީ އެ މީހާ އެކުރާ މަސައްކަތުން އެހެން މީހުންނަށް ގަބޫލުކުރެވޭ ވަރުގެ ނަތީޖާ ނެރެދޭ މީހުން ކަމަށެވެ.

ރައީސް ޔާމީނަށް ނިސްބަތްކުރައްވައި އޭނާ ވިދާޅުވީ، ގޭގައި ސިޓިންރޫމުގައި ހަމަޖެހިލައިގެން އިށީނދެގެން ތިބެ އެހެން މީހުންނަށް ހެއްދެވިހާ އެއްޗެއް ގޮވަމުން ތިމާމީ އިގްތިސާދީ މާހިރެކޭ ބުނުމުން އެކަން ގަބޫލުނުކުރެވޭނެ ކަމަށެވެ.

”އިގްތިސާދީ މާހިރުންނަކީ ހަމައެކަނި އަނގައިން ވާހަކަ ދައްކައިގެން ނަތީޖާ ނެރޭ މީހުންނެއް ނޫން. އިގްތިސާދީ މާހިރުންނަކީ އެ މީހާ އެކުރާ މަސައްކަތުން އެހެން މީހުންނަށް ގަބޫލުކުރެވޭ ވަރުގެ ނަތީޖާ ނެރެދޭ މީހުން. ގޭގައި ސިޓިންރޫމުގައި ހަމަޖެހިލައިގެން އިށީނދެގެން ތިބެ އެހެން މީހުންނަށް ހެއްދެވިހާ އެއްޗެއް ގޮވަމުން ތިމާމީ އިގްތިސާދީ މާހިރެކޭ ބުނުމުން އެކަން އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭނެ،“

އެފަދަ ވާހަކަތައް އަޑު އެހުމެއް ނެތި، އިގްތިސާދީ ވިސްނުމާއި ތަޖުރިބާގެ އަލީގައި ކަންކަން ކުރައްވައި ނަތީޖާ ދައްކަވާ ބޭފުޅުންނަކީ އިގްތިސާދީ މާހިރުން ކަމަށާއި، މިހާރުގެ ރައީސް ޑރ. މުއިއްޒަކީ އިގްތިސާދީ މާހިރެއް ކަމަށް ފަހުރުވެރިކަމާއެކު ދަންނަވާލަން ބޭނުންވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

”އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން، ފަހުރުވެރިކަމާއެކު ދިވެހިރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ އިގްތިސާދީ މާހިރެއް،“ އަބްދުއްރަހީމް

ކޮންގްރެސް ނިންމާލަނީ ފަހުވެރި ކާމިޔާބީއަކާއެކު ކަމަށާއި ކޮންގްރެސްގެ ނިމުމަކީ ފެށުމެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން ކޮންގްރެސް ނިމުމާއެކު ފެށިގެންދާނީ ޕީއެންސީގެ ރިޔާސީ ކެމްޕެއިން ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: