ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް، ކުންފުނިތަކަށް ހުޅުވާލަނީ

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށި ރައްކާތެރިކުރުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”ވިލުންވެށި“ ހިލޭ އެހީގެ ޕްރޮގްރާމް، އަންނަ އަހަރުގެ ތެރޭގައި ކުންފުނިތަކަށް ވެސް ކުރިމަތިލެވޭ ގޮތަށް ފުޅާކުރަން ނިންމައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު އަލީ ޝަރީފު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ވިދާޅުވީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހިންގާ މި ޕްރޮގްރާމް ކުންފުނިތަކަށް ހުޅުވާލަން ނިންމީ، އާންމުންގެ ފަރާތުން މިކަމަށް ލިބެމުންދާ ބޮޑު ތަރުހީބުގެ ސަބަބުން ކަމަށެވެ.

މިހާރު ހަމައެކަނި ވަކިވަކި ފަރުދުންނަށް ޚާއްޞަކޮށްގެން އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ އެހީ ލިބޭ މި ޕްރޮގްރާމް ކުންފުނިތަކަށް ފުރުސަތު ހުޅުވާލާއިރު ދޫކުރާ އެހީގެ އަދަދު މިހާރަށްވުރެ ބޮޑުވާނެ ކަމަށް ވެސް އަލީ ޝަރީފް ފާހަގަކުރެއްވިއެވެ. މި ބަދަލު ގެންނަން ނިންމެވި ސަބަބު ބަޔާންކުރައްވަމުން އޭނާ ވިދާޅުވީ، މުޖުތަމައަށް ނުކުމެ މަސައްކަތް ފެށުމަށްޓަކައި އެހީތެރިކަމަކަށް ބޭނުންވެފައިވާ އީޖާދީ ވިސްނުންތަކުގެ ގިނަ ސްޓާޓްއަޕްތަކެއް އެބަތިބި ކަމަށާއި، މި ފުރުސަތުގެ ސަބަބުން އެފަދަ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން، މިދިޔަ ޖޫން މަހު ހުޅުވާލި ފުރުސަތުގައި ލިބުނު ޕްރޮޕޯސަލްތަކުގެ ތެރެއިން 150 ޕްރޮޕޯސަލެއް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިނިސްޓްރީއާއި އެސްއެމްއީ ބޭންކް ގުޅިގެން މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި މަރުހަލާ ނިމި، އެހީ ލިބޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް އިއުލާންކުރެވޭނެއެވެ.

ވިލުންވެށި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުމެވެ.

މީގެއިތުރުން، އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: