ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން ވެބްސައިޓެއް ހުޅުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތަކަށް ޚާއްސަކޮށްގެން ވެބްސައިޓެއް ހުޅުވައިފިއެވެ. 

މި ވެބްސައިޓް ލޯންޗުކޮށްދެއްވީ، މިއަދު ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގައި މިނިސްޓަރ ‎އޮފް އާރޓްސް އެންޑް ކަލްޗަރ ހެރިޓޭޖް ޔުމްނާ މައުމޫންއާއި ވިލާތުގެ އިއްތިޙާދުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މަހާސިރި ޑެނިސް ޗައިބީއެވެ. 

މި ކަމާއި ގުޅިގެން މިނިސްޓަރ ‎އޮފް އާރޓްސް އެންޑް ކަލްޗަރ ހެރިޓޭޖުން ދާދި ދެންމެ ނެރުނު ނޫސް ބަޔާނުގައި ބުނީ، މި ވެބްސައިޓަކީ، ވިލާތުގެ އިއްތިޙާދުގެ މާލީއެހީއާއި، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި، އެ މިނިސްޓްރީގެ އެއްބާރުލުމާއެކު، ދިވެހި އާކިޓެކްޓް އަދި ހިރިގަލުގެ މިސްކިތްތަކާބެހޭ ތަޖުރިބާކާރެއްކަމަށްވާ މަޢުރޫފް ޖަމީލް ތައްޔާރުކުރައްވާފައިވާ ވެބްސައިޓެއްކަމަށެވެ. 

ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި މި ވެބްސައިޓް ޑިވެލޮޕްކޮށް ފަރުމާކުރައްވާފައިވަނީ، މުޢައްވަޒު ޔޫސުފެވެ.

މި ވެބްސައިޓްގައި ރާއްޖޭގައި ހުރި 26 މިސްކިތެއްގެ މަޢުލޫމާތު އެކުލެވިފައިވެއެވެ.

މިއަދު ޢާންމުކުރި ވެބްސައިޓްގެ coralstonemosques.com ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ.

 

މިއަދު ޢާންމުކުރި ވެބްސައިޓްގެ ހޯމް ޕޭޖް

ހެރިޓޭޖް މިނިސްޓްރީން ބުނި ގޮތުގައި، ދިވެހިރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކަކީ، ސަޤާފީގޮތުންނާއި އާކިޓެކްޗަރގެ ގޮތުންވެސް ތަފާތު ޚާއްސަ ސިފަތަކެއް ލިބިގެންވާ މިސްކިތްތަކެކެވެ.

އަދި ދިވެހިންގެ ރީތި ހިރިގަލުގެ ވަޑާމާއި، ލިޔެލާޖެހުމުގެ މަސައްކަތާއި، ކެލިގްރަފީގެ ފަންނު ފެނިގެންދާ މިސްކިތްތަކެކެވެ.

މި ގޮތުން ހެރިޓޭޖް މިނިސްޓްރީން ބުނީ، ރޫޅާ ރޭވޭގޮތަށް ބިނާކުރެވިފައިވާ ދިވެހިންގެ އިސްލާމީ އަޤީދާއާއި ސަޤާފަތާއި، ދިވެހިންގެ މަސައްކަތްތެރިކަން މަތީ ފެންވަރަކަށް ދައްކައިދޭ މި މިސްކިތްތަކަކީ، ދުނިޔޭގެ ފެންވަރުގައިވެސް އެފަދަ ދެވަނައެއްނުވާ މިސްކިތްތަކަކަށްވުމުން، ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކުރަންޖެހޭކަމެއްކަމަށެވެ.

 މިއަދުގެ މި ރަސްމިއްޔާތުގައި، މިނިސްޓަރ ‎އޮފް އާރޓްސް އެންޑް ކަލްޗަރ ހެރިޓޭޖް ޔުމްނާ މައުމޫންއާއި، ވިލާތުގެ އިއްތިޙާދުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މަހާސިރި ޑެނިސް ޗައިބީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤާއި، ވިލާތުގެ އިއްތިޙާދުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޕޮލިޓިކަލް ޓްރޭޑް އެންޑް ކޮމިއުނިކޭޝަންސް ސެކްޝަންގެ ވެރިޔާ ތޯސްޓަން ބާގްފްރީޑް ބައިވެރިވެވަޑައިގެންނެވިއެވެ.

 މީގެ އިތުރުން، މިނިސްޓްރީ ‎އޮފް އާރޓްސް އެންޑް ކަލްޗަރ ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓަރީ ޝަމްޢޫން ޙަމީދާއި، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް ހައްވާ ނަޒްލާގެ އިތުރުން، ވެބްސައިޓް ފަރުމާކުރެއްވި މަޢުރޫފް ޖަމީލް ވެސް ބައިވެރިވެވަޑައިގަތެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: