ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަސްނޭހުމުގެ ސަބަބުން ދަޢުލަތަށް އެތައް ފައިސާއެއް، އިއްޔެ އެކަނި ވެސް 157,000 ރުފިޔާ

ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން، މާލޭސިޓީ ލޮކްޑައުންކުރި ފަހުން ކޮންމެ ދުވަހަކު ވެސް އެތައް ފައިސާއެއް ދަޢުލަތަށް ލިބެމުންދެއެވެ. މި ގޮތުން އިއްޔެ ވެސް 157,000 ރުފިޔާ ލިބިފައިވެއެވެ. 

މިކަން ހާމަކޮށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ލޮކްޑައުންގެ އަމުރާއި ޚިލާފުވި 157 މީހަކު އިއްޔެ ޖޫރިމަނާކޮށް 7 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

ލޮކްޑައުންކޮށްފައިވާ ހާލަތުގައި، އެއްވެސް ހުއްދައެއް ނެތި މަގުމައްޗަށް ނިކުންނަ މީހުން ޖޫރިމަނާކުރަން ނިންމާފައިވަނީ، 1000 ރުފިޔާއިންނެވެ. މި ގޮތުން 157 މީހުންނަށް ބަލާއިރު އެއީ 157,000 ރުފިޔާއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސް އިންދަނީ، ހުއްދައެއްނެތި މަގުމައްޗަށް ނިކުންނަ މީހުން ކޮންމެ ދުވަހަކު ވެސް ހައްޔަރުކުރަމުންނެވެ.

މި ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކުރި ގޮތުގައި މި މަސް ފެށުނުފަހުން ޖުމްލަ 748 މީހަކު ޖޫރިމަނާ ކުރެވިފައިވެއެވެ. ކޮންމެ މީހަކަށް 1000 ރުފިޔާގެ މަގުން ބަލާނަމަ، މިއީ 748,000 ރުފިޔާއެވެ.

ޖޫރިމަނާކުރުމުގެ އިތުރަށް ހުއްދައެއްނެތި މަގުމައްޗައް ނިކުންނަ ބައެއް މީހުން ދަނީ، އެ އަމަލު ތަކުރާރުކުރަމުންނެވެ. މި ގޮތުން އެތައް މީހަކު މިހާރުވަނީ ހައްޔަރު ވެސް ކުރެވިފައެވެ.

މިއަދު ދަރުބާރުގޭގައި، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އިމްރާނު ޢަބްދުﷲ ވިދާޅުވި ގޮތުގައި، ލޮކްޑައުންގެ އަމުރާ ޚިލާފުވެގެން 169 ދިވެހިންނާއި 200 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ހައްޔަރުކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: