ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުގެ ކުދިންގެ ކަންކަމާއިގުޅޭގޮތުން ނައިބު ރައީސް، އެންޑީއޭއާއި މަޝްވަރާކުރައްވައިފި

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން، ނައިބު ރައީސް ފައިސަލް ނަސީމު، ނެޝަނަލް ޑްރަގް އެޖެންސީގެ  އިސްވެރިންނާއި، ކަމާބެހޭ އެހެން އިދާރާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

އޮންލައިންކޮށް މިއަދު ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމުކުރުމުގެ އިތުރުން، މުޖުތަމަޢުގައި ތިބި އެން.ޑީ.އޭ. ގެ އެހީތެރިކަމާއި ބެލެހެއްޓުންތެރިކަން ބޭނުންވާ އެހެން މީހުންގެ ކަންކަން އެންމެ ރަނގަޅަށް އިންތިޒާމުކުރާނެ ގޮތްތަކާ ގުޅޭގޮތުން ނައިބު ރައީސްވަނީ މަޝްވަރާކުރައްވާފައެވެ.

މި ގޮތުން، ފަރުވާއަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތަކާއި، އެ ފަދަ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން މެނޭޖުކުރެވޭނެ ގޮތާއި ބެހޭގޮތުން ނައިބު ރައީސް މަޝްވަރާކުރެއްވިއެވެ.

އަދި އެ ފަދަ ކަންކަން މެނޭޖުކުރުމުގައި ކުރިމަތިވާ ދަތިތަކާއި ބެހޭގޮތުން ވެސް ނައިބު ރައީސްވަނީ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

މީގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އެން.ޑީ.އޭ. ގެ ސެންޓަރުތަކުގައި، މި މަސައްކަތްތައް ކުރިޔަށް ގެންދެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި އަތޮޅުތަކުން ތަނެއްގައި ލޮކްޑައުންގެ ހާލަތު އިއުލާނުކޮށްފިނަމަ، އެ ފަދަ ހާލަތެއްގައި،  އެން.ޑީ.އޭ. ގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންކަން މެނޭޖުކުރާނެ ގޮތްތަކާއި ބެހޭގޮތުން ނައިބު ރައީސްވަނީ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. 

ހަމައެހެންމެ ކޮރޯނާ ވައިރަހާއި ގުޅިގެން، ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ، މި ދަނޑިވަޅުގައި، މުޖުތަމަޢުގެތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމުގައި، ކަމާބެހޭ ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތްކޮށްދެއްވުމަށް ވެސް ނައިބު ރައީސްވަނީ  އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ އިސްވެރިންގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އެޓާރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި، ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛު ޙުސައިން ޝަމީމާއި، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ވެސް މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: