ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދިން މީހާ ޝަރީއަތް ނިމެންދެން ބަންދަށް

މިސްކިތަށް ބޮޑުކަމުދިޔަ މައްސަލައިގައި ހައްޔަރުކުރި ނައުޝާދު: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މިސްކިތްތަކަކަށް ތަކުރާރުކޮށް ގެއްލުންދޭ މައްސަލައިގައި ހައްޔަރު ކުރި މީހާ، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ގ. މާލެހިޔާ، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައިވާ ބަންދު އަމުރުން އެނގޭ ގޮތުގައި، ނައުޝާދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބޭ އެކަށީގެންވާ ހެކި ފުލުހުން ވަނީ ހުށަހަޅާފަ އެވެ. އަދި ، މި ހާދިސާ ހިނގި ސަރަހައްދަށް ދިޔަ ފުލުހުންގެ ބަޔާނާއި، ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓުގެ އިތުރުން، މި މައްސަލައާ ގުޅިގެން މާލެ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއާއި، ތުހުމަތުކުރެވޭ ފަރާތް ހައްޔަރުކުރި ވަގުތު ލައިގެން ހުރި އަންނައުނު ދައްކުވައިދޭ ފޮޓޯ ސެޓު ވަނީ ހުށަހަޅާފައެވެ.

ކޯޓު އަމުރުގައި ވާގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 59 ވަނަ މާއްދާ އަދި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ތުހުމަތުކުރެވޭ މީހާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ އޭނާ ބަންދުގައި ބަހައްޓަން ޖެހެއެވެ.

މީގެއިތުރުން، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގެ (1)، (3) އަދި (5) ވަނަ ނަންބަރުގައި ބަޔާންކުރާ ހާލަތްތައް ފުރިހަމަވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ. އެގޮތުން އޭނާ މިފަދަ ކުށްތައް ތަކުރާރުކޮށް ކުރާ މީހެއްކަން އެނގެން އޮތުމާއި، އެހެނިހެން ބާވަތްތަކުގެ ކުށުގެ ރެކޯޑު އޮތް މީހަކަށް ވުމުގެ އިތުރުން، ބަންދުން ދޫކޮށްލައިފިނަމަ މި ކުށް ތަކުރާރުކޮށްފާނެކަމަށް ބެލެވޭތީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: