ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއިދެއް ނުކުރަން: އިދިކޮޅު

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އެއްވެސް އިރެއްގައި ތާއިދުކޮށްފައި ނުވާނެ ކަމަށް އިދިކޮޅޫ ޕީޕީއެމ،ް ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ. 

ކޮވިޑް19 ފެތުރުން ހުއްޓުވުމަށް ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ތާއިދު ނުކުރާ ކަމަށް ބުނެ އިދިކޮޅޫ ކޯލިޝަންގެ ފަރާތުން ބަޔާނެއް ނެރެފައި މިވަނީ ކޮވިޑް19 އާއި ގުޅީގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިދިކޮޅުގެ އެންމެ އިސް އެއް ލީޑަރު ތާއިދު ކުރާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަދި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވުމާއި ގުޅިގެންނެވެ. 

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 ފެތުރުން ހުއްޓވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އިދިކޮޅޫ ކޯޅިޝަންގެ ފަރާތުން ތާއިދުކުރާ ކަމަށް ބުނެ ސަރުކާރުން ދައްކަމުންދާ ވާހަހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަތަކެއް ކަމަށާއި އޭގެ ބޭނުމަކީ ރައްޔިތުންގެ ވިސްނުން އެހެން މިސްރާބަކަށް އަނބުރާލުން ކަމަށް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ ފަރާތުން ކުރަމުން ގެންދާ ކަންކަމަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ތާއިދުކުރާ ކަމަށް ބުނެ މިވަގުތު ސަރުކާރުން އެފަދަ ވާހަތަކެއް ދެއްކުމުގެ ބޭނުމަކީ ކޮވިޑް19 ފެތުރުން ހުއްޓުވުމުގައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތްކަން ރައްޔިތުންނަށް ހާމަވެ، ސަރުކާރުން ހަދަމުން ގެންދާ ގޯސްތަކާއި، ހިންގަމުން ގެންދާ ކޮރޮޕްޝަންގެ އަމަލުތަކާއި، ވައްކަންތަކުގެ ވާހަތައް ދިވެހި ރައްޔިތުން ދައްކަން ފެށުމުން ހަގީގަތާއި ކުރިމަތިލުމުގެ ބަދަލުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލުމުގެ ބޭނުމުގައި ދައްކަމުންދާ ވާހަތަކެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ އިސްވެރިން ކަންކަން ކުރަމުންދަނީ އެ ބޭފުޅަކަށް ފެންނަ ގޮތަކަށެވެ. އަދި ސަރުކާރުގެ ހުރިހައި ސިޔާސަތެއް ވެސް ދޯހަޅި ކަމަށާއި ހުރިހައި ސިޔާސަތެއް ވެސް ފެއިލްވެފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

މީގެއިތުރުން ޕީޕީއެމް، ޕީއެންސީގެ ބަޔާނުގައި ބުނެފައި ވަނީ ކޮވިޑް19 އާއި ގުޅިގެން މިހާތަނަސް ސަރުކާރުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ރައްޔިތުން އިތުރު ބޮޑު ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށާއި ސަރުކާރުން ނިންމަމުންދާ ނިންމުންތަކާއި ކުރަމުންދާ ކަންކަމުގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ރާއްޖެއަށާއި ރާއްޖޭގެ އިގްތިސާދަށް ލިބެމުންދާ ކަމަށް އިދިކޮޅު ކޯޅިޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: