ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތަކަށް ރައީސް ޞާލިޙް ޝުކުރު އަދާކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަހާއި ގުޅިގެން ދިމާވާ ދަތިތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ޝުކުރު ދަންނަވައިފިއެވެ.

މި ކަމާއި ގުޅިގެން ރައީސް ޞާލިޙް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮރޯނާ ވައިރަހުގެ ސަބަބުން ކުރިމަތިވެފައިވާ، މި ފަދަ ދަތި އުނދަގޫ  ހާލަތެއްގައި އިންޑިއާއިން ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށާއި، އެ ޤައުމުގެ ރައްޔިތުންނަށްޝުކުރު ދަންނަވާ ކަމަށެވެ.

މީގެ އިތުރުން ރައީސް ޞާލިޙް ވިދާޅުވީ،  މި ފަދަ ދަތިހާލުގައިވާ ދުވަސްވަރެއްގައި، ޒަރޫރީ ކާބޯތަކެތީގެ މުހިންމުކަން ނުހަނު ބޮޑުވެފައިވާ ކަމަށެވެ. 

ރައީސް ޞާލިޙް ޝުކުރު އަދާކުރައްވާފައި މި ވަނީ، 580 ޓަނުގެ ކާބޯތަކެއްޗާއެކު އިންޑިއާ އަސްކަރީ މަނަވަރު ”އައިއެންއެސް ކޭސަރީ“ މިއަދު ހެނދުނު މާލެއަށް ބަނދަރުކޮށްފަައި ވަނިކޮށެވެ. 

މިއަދު ގެނައި އެހީގެ ތަކެތީގެތެރޭގައި، 200 ޓަނުގެ ހަނޑުލާއި، 140 ޓަނުގެ ފުށާއި، 90 ޓަނުގެ ހަކުރާއި،  120 ޓަނުގެ ރީނދޫ މުގާއި، 14 ޓަނުގެ އަލުވީގެ އިތުރުން 26 ޓަނުގެ ފިޔާ ހިމެނެއެވެ.

މީގެ އިތުރުން ވެސް އިންޑިއާއިން ދަނީ، ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖެއަށް ގިނަ އެހީތަކެއްވަމުންކަން ފާހަގަކޮށްލެވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: