ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު ހަތް ކޭސްއާއި އެކު ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު 900 އިން މައްޗަށް!

ރާައްޖޭގައި ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ކޮވިޑު ބަލި ޖެހިފައިވާ އިތުރު ހަތް މީހަކު ފެނި، ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 904 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޭސްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް ބުނެފައިވަނީ މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް ތިން ރައްޔިތުންނާއި ދެ ދިވެހިންގެ އިތުރުން އިންޑިއާ ދެ ރައްޔިތުން ކަމަށެވެ.

މި މަހަކީ މިއީ ކޮވިޑުގެ ސާޖެއް އަންނާނެ މަސްގެ ގޮތުގައި ވަނީ ލަފާކޮށްފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގައި ކޮވިޑު ބަލި ޖެހިފައި ހުރި ގިނަ އަދަދެއްގެ މީހުންތަކެއް ފެންނާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

ރާއްޖޭގައި ކޮވިޑު ޖެހުނު 31 މީހަކު ވަނީ ބަލީން ރަނގަޅުވެފައެވެ.

މާލެއިން ކޮވީޑްއަށް ޕޮޒިޓިވް މީހަކު އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހު އެވެ. އެދުވަހު މާލެ ސަރަހައްދު ވަގުތުން ލޮކްޑައުން ކޮށްފައިވާއިރު އޭގެ ފަހުން ރާއްޖޭގެ ރަށްރަށަށް އެރައި ފޭބުން ވަނީ މަނާކޮށްފައެވެ. އަދި ފެންނަ ކޭސްތައް ވެސް ވަނީ އިތުރު ވާން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: