ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލް ކުދިންނަށާއި އޮފީސްތަކަށް ދާ ފަރާތްތަކަށް ހާއްސަ ބަސް ދަތުރުތަކެއް ހަމަޖައްސަނީ

އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެއާއި މާލެއާއި ދެމެދު ދަތުރުފަތުރު ކުރުމުގައި ދިމާވާ ތޮއްޖެހުމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ސްކޫލް ކުދިންނަށާއި އޮފީސްތަކަށް އައިސް ގޮސް ހަދާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ބަސް ދަތުރުތަކެއް ފެށުމަށް ނިންމާފައިވާކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

”އަހާ“ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ހުޅުމާލެ ފޭސް 1 އަދި 2 އިން މާލޭގެ ވެލާނާގެ އަދި ގްރީން ޒޯނާ ހަމައަށް ވަކި ހާއްސަ ގަޑިތަކެއްގައި ދަތުރުކުރާނެ ބަސްތަކެއް ތައާރަފުކުރުމަށް ސަރުކާރުން ރާވާފައިވާ ކަމަށެވެ.

”އަޅުގަނޑުމެންނަށް މި ވެސްނެނީ ހުޅުމާލެ ފޭސް 1 އަދި 2 އަކުން މާލޭއަށް މަސައްކަތަށް ވަޑައިގަންނަވާ ބޭފުޅުންނަށާއި އަދި މާލެއިން އެކިއެކި ބޭނުމަށް ރަޝް އަވާސްތަކުގައި ހުޅުމާލެއަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފޭސް ދެއަކުން ވެލާނާގެ ސަރަހައްދަށް އަދި ގްރީން ޒޯނަށް ވަކި ގަޑިތަކެއްގައި ދަތުރުކުރާ ބަސްތަކެއް ތައާރަފުކުރުމާއި ސްކޫލުތަކަށް ހާއްސަކޮށް ހުޅުމާލެއިން މާލެއަށް ”ސްކޫލް ފްރެންޑްލީ“ ބަސްތަކެއް ދަތުރުތަކެއް ފައްޓަން އިނގޭތޯ،“ ސައީދު

ސައީދު ވިދާޅުވީ، މި ހިދުމަތް ފެށުމުގެ މައިގަނޑު މަގުސަދަކީ ގިނަ އަދަދެއްގެ އުޅަނދުތައް އެއްފަހަރާ ބްރިޖު މަތިން ދަތުރުކުރުމުގެ ސަބަބުން ދިމާވާ ޓްރެފިކް ތޮއްޖެހުމަށް ދާއިމީ ލުޔެއް ހޯދައިދިނުން ކަމަށެވެ. އަދި ބަސް ދަތުރުތައް ހިންގުމަށް ހަމަޖެހިފައިވަނީ އަލަށް އަމަލުކުރަން ފަށާ އާންމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން އުފައްދާ ”ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހު“ގެ ބެލުމުގެ ދަށުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ މަގުތަކުގެ 82 އިންސައްތަ މިހާރު އޮތީ ވެހިކަލްތަކުން ތޮއްޖެހިފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާތަނަށް މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ ޖުމްލަ އަދަދު 130،806 އަށް އަރާ ކަމަށެވެ. އޭގެ ތެރޭގައި 14،911 ކާރާއި 115،895 ސައިކަލު ހިމެނޭކަމަށް ވިދާޅުވިއެވެ.

”މާލޭގައި ޖާގަ އިތުރަށް ބޮޑުކުރެވެން ނެތް. އެހެންކަމުން ސަރުކާރުގެ މައިގަނޑު އަމާޒަކީ މާލެއަކީ ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯނަކަށް ހަދައި، ވެހިކަލް މަދުކުރުމާއެކު މާސް ޓްރާންސްޕޯޓަށް ބަރޯސާވާ މިންވަރު އިތުރުކުރުމަށް. އެ މަސައްކަތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން، ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ހާއްސަ މިނިވަން އޮފީހެއް ގާއިމްކޮށް މިހާރު އަމަލީ މަސައްކަތް ވަނީ ފަށާފައި،“ ވަޒީރު ސައީދު

މާލޭގެ ބޭރު މަގު ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ދާދި ފަހުން މި ސަރުކާރުން ޒަމާނީ ފެންވަރަށް ތަރައްގީކުރި ރިންގް ރޯޑުގެ ދެ ފަރާތުގައި އަދިވެސް ވެހިކަލްތައް ޕާކުކޮށްފައި ހުންނަކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، މީގެ ސަބަބުން މާލޭގެ އެތެރޭގައި ބާރުބޮޑުވެ ބޭރު މަގު ބޭނުންކުރާ ފަރާތްތަކަށް އަނެއްކާވެސް އުނދަގޫވެ މަގުތަށް ތޮއްޖެހޭ ކަމަށެވެ.

ސައީދު ވިދާޅުވީ، މި ހުރިހާ މައްސަލައަކަށް ހައްލު ހޯދުމަށް މަގުތަކުގައި ޓްރެފިކް ލައިޓްތައް ހަރުކުރުމާއި، މަގުމަތީގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކުރުމާއި، ނަގާ ފީތަކާ ގުޅޭގޮތުންނާއި މާސް ޓްރާންސްޕޯޓް މޮބިލިޓީ ޕްލޭންގެ ދަށުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރޭވިފައިވާ ކަމަށެވެ.

އެ ހުރިހާ މަސައްކަތްތަކަކީވެސް ރައްޔިތުން އެންމެ ރުހޭނެ ފަދަ ގޮތަކަށް، ރޭވުންތެރިކަމާއެކު ސަރުކާރުން ކުރިއަށް ގެންދާ ކަންކަން ކަމަށާއި އަދި މިހާރު ކުރެވިގެންދާ މަސައްކަތްތަކާއެކު ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި މާލޭގެ ޓްރެފިކް މައްސަލައަށް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ސައީދު ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލައަށް ކައިރި މުސްތަގުބަލެއްގައި ހައްލު ލިބިގެންދާނެކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: