ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެރޯލް ބޯޑު މެމްބަރުން ވަކިކޮށް، އަބުޗާ އަލުން ބަންދަށް!

އަައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރާ ކަމަށް ފުލުހުން ތުހުމަތުކުރާ އަބުޗާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، އުމުރު ދުވަހުގެ ހުކުމެއްގައި ހުރި އިބްރާހިމް ރަޝީދު (އަބުޗާ)، ޕެރޯލް ބޯޑުން މިނިވަންކުރުން ބަދަލުކޮށް އޭނާ އަލުން ބަންދަށް ގެންގޮސްފި އެވެ.

އޭނާ މިނިވަން ކުރީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. މި މައްސަލަ މީޑިއާތަކުން ރިޕޯޓު ކުރީ އިއްޔެ އެވެ. އެއަށް ފަހު މައްސަލަ ހޫނުވެ ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ޕެރޯލް ބޯޑުގެ ނިންމުން ގޯސްކަމަށެވެ.

މައްސަލައިގައި ބޯޑު މެމްބަރުން ވަކިކޮށްފައިވާކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

އުމުރު ދުވަހުގެ ޖަލު ހުކުމެއް މިދިޔަ އަހަރު އޭނާގެ މައްޗަށް އިއްވި ނަމަވެސް، މަސްތުވާތަކެތީގެ އެ މައްސަލައިގައި 2020 އިން ފެށިގެން އޭނާ ހުރީ ބަންދުގަ އެވެ. އަދި ޕެރޯލްއަށް އެދި ހުށަހެޅުމަށް އޭނާ ޝަރުތު ހަމަވެފައި ވަނީ އެ ސަބަބާއި ހުރެ އެވެ.

މަސްތުވާތެކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އިބްރާހިމް ރަޝީދު ހައްޔަރު ކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރީ ރާއްޖެއަށް 80 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމަށެވެ.

ފުލުހުން އޭރު ބުނީ އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް މީހާ ކަމަށެވެ. އަދި ކަނޑުމަގުން މަސްތުވާތަކެތި ހިފައިގެން ޑިންގީއެއްގައި ދަނިކޮށް ފުލުހުން ހުއްޓުވަން މަސައްކަތްކުރި ވަގުތު އޭނާ ގޯނިތަކެއް ކަނޑަށް އުކާލާފައިވާއިރު، އެ ތަކެތި ފުލުހުން ވަނީ ނަގާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: