ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ބަޔާން ނުދިންކަމަށް ބުނެ ފެތުރީ ދޮގެއް، ހަގީގަތް ހާމަކުރުމުގައި ފަސްނުޖެހޭނަން: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދާފައިވާކަމަށް ބުނެ އޮންލައިން މީޑިއާ ”އަދަދު“ ނޫހުގައި ގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ދޮގެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ”ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި“ މި ސުރުހީގެ ދަށުން އެ ނޫހުގައި ލިޔެފައިވާ ހަބަރުގައި ހިމަނާފައިވަނީ ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކަމަށެވެ.

ބަޔާނުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ’އެސެޓް ޑެކްލެރޭޝަން‘ ނުވަތަ މާލީ ބަޔާނަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި މިހާރުވެސް އާންމުކޮށް ފެންނަން ހުރި ލިޔުމެއް ކަމަށެވެ. އަދި އެ ބަޔާނުގެ ތަފްސީލު ބޭޏުންވާ ކޮންމެ މީހަކަށް ވެސް ޕީޑީއެފް ފޯމެޓުގައި ފަސޭހަކަމާއެކު އެ ލިޔުން ޑައުންލޯޑް ކުރެވޭނެކަމަށް ބުންޏެވެ.

މީގެއިތުރުން، މި މައުލޫމާތު ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ފެންނަން ހުންނާނެކަން މީގެ ކުރިން ހަބަރެއްގެ ގޮތުގައި މީޑިއާތައް މެދުވެރިކޮށް އާންމުކޮށް އިއުލާންކޮށްފައިވާނެކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި ތުހުމަތު ކުރި ގޮތުގައި ”އަދަދު“ ނޫހުން މެދުނުކެނޑި އެފަދަ ހަބަރުތައް ގެނެސްދެމުން ދަނީ ސިޔާސީ ވަކި މަގުސަދެއް ހާސިލުކުރުމަށެވެ. އަދި މިފަދަ މައުލޫމާތުތައް ފާހަގަކޮށް، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ސާފުކޮށްދިނުމުގައި އެ އޮފީހުން ފަސްނުޖެހޭނެކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: