ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ހިންގުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް އޮފީސް ޖާގައެއް ކުއްޔަށް ހިފަން އިއުލާންކޮށްފި

ފޮޓޯ:އިމިގުރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިމިގްރޭޝަން ހިންގުމަށްޓަކައި 13,600 އާއި 14,000 އަކަފޫޓާ ދެމެދުގެ އޮފީސް ޖާގައެއް 5 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އިން ކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބީލަމަކީ މޯލްޑިވްސް އިމިގްރޭޝަންގެ އެދިލެއްވުމުގެ މަތިން ހުޅުވާލާފައިވާ ފުރުސަތެކެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 205,500 ރުފިޔާ ހުށަހަޅަންޖެހޭނެ ކަމަށާއި، ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަސް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

މި މަސައްކަތާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މި ޕްރޮޖެކްޓަށް ބިޑު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 8 އޮކްޓޫބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: