ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެއްލުނު ކަނޑު ހޯދަން ދެއްކީ ދަޅައެއް، މިއަދު ފެންނަނީ ރަސްމާލެ ބިން ބޭރު މީހުންނަށް ދޭ މަންޒަރު: ޔާމީން

އައްޑޫގައި ބޭއްވި ޕީއެންއެފް ޖަލްސާގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުށިދިއްގަރު ފަޅު ހިއްކައިގެން ބޭރުގެ ފަރާތްތަކަށް ބިން ވިއްކުމާއި، ގައުމުގެ ސިޔާދަތީ ބާރުތައް ދޫކޮށްލުމުގެ ސިޔާސަތުތަކުގެ ސަބަބުން ގައުމު ދަނީ އަނބުރާ ރުޖޫއަ ނުވެވޭނެ ފަދަ ނުރައްކާތެރި ހިސާބަކަށްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ރައީސް ޔާމީން މިވަގުތު ހުންނެވީ އައްޑޫ ސިޓީގަ އެވެ. އަދި އައްޑޫގައި އެމަނިކުފާނު ހުންނަވާތާ ހަފްތާއަކާއި ގާތްވެފައިވާއިރު މިރޭ ހިތަދޫގައި އޮތް ޖަލްސާގައި ރައީސް ޔާމީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ރައީސް މުއިއްޒަށް ކުރި އިތުބާރު އެމަނިކުފާނު އަމިއްލަފުޅަށް ގެއްލުވާލައްވާފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ކަންކަންކޮށްދިނުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި، މިހާރު ފެންނަމުންދަނީ ރައްޔިތުންނަށް އިތުރު ތަކުލީފުތައް ކުރިމަތިކުރުވާ މަންޒަރުކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ތެރޭގައްޔާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ވެސް ސަރުކާރާ ދެކޮޅަށް ”ހިމޭން އިންގިލާބެއް“ ހިނގަމުންދާ ކަމަށާއި، ބައެއް ވަޒީރުން މަގާމުން ވަކި ކުރަން ޖެހުނީ ވެސް އެ ސަބަބާ ހުރެކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމުގެ ވައުދަށް އިޝާރާތް ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކަނޑު ހޯދުމުގެ ނަމުގައި ބައެއް ބޭފުޅުން މޫދަށް ފުންމާލި ނަމަވެސް، މިއަދު ފެންނަނީ މާލެ ކައިރިން ބޮޑު ސަރަހައްދެއް ދައުލަތުގެ ބާރާއި ސިޔާދަތު ނުހިނގާ ގޮތަށް ބޭރު ބަޔަކު ވަޒަންވެރިކުރުވުމަށް ދޫކޮށްލަން އުޅޭ މަންޒަރު ކަމަށެވެ. އަދި ފުށިދިއްގަރު ފަޅުން ބިން ވިއްކައިގެން 11 ނުވަތަ 12 ބިލިއަން ޑޮލަރު ހޯދުމުގެ ނަމުގައި ކުރަން އުޅެނީ ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަސައްކަތެއްކަމަށް ތުހުމަތު ކުރައްވަމުން، ފައިސާ ލިބުނު ނަމަވެސް ގައުމުގެ ބިމާއި ސަރަހައްދީ މިނިވަންކަން ގުރުބާން ނުކުރެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ކައުންސިލްތަކާއި ސިޓީތަކުގެ މޭޔަރުންނަށް ގާނޫނުން ލިބިދީފައިވާ ބިމުގެ ބާރުތައް ކަނޑުވާލައި، ގާނޫނުތައް ބަދަލުކޮށްގެން ހުރިހާ ބާރެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މިއީ ޑިކްޓޭޓަރޝިޕެއްގެ ސިފައެއްކަމަށާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ކޯޓުތަކުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހައި އަދުލުއިންސާފު ގާއިމުކޮށްދިނުމުގައި ފެއިލްވެފައިވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: