ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ސަރުކާރުގެ ޚިދުމާތު މަރުކަޒު“ގެ ނަމުގައި 18 އަތޮޅެއްގައި މަރުކަޒުތަކެއް އުފައްދަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --- ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

”ސަރުކާރުގެ ހިދުމާތު މަރުކަޒު“ގެ ނަމުގައި ރާއްޖޭގެ 18 އަތޮޅެއްގައި މަރުކަޒުތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

މި މަރުކަޒުތައް އުފައްދަވާފައިވަނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ އިދާރާތަކެއްގެ ގޮތުގައެވެ.

ރައީސް އޮފީހުން ބުުނި ގޮތުގައި، މި އިދާރާތައް އުފައްދަވާފައިވަނީ ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުންނެވެ. މި މަރުކަޒުތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ، ގައުމީ އިދާރާތަކުން ދޭ ހިދުމަތްތައް އިންޓަގްރޭޓަޑް ސަވިސް ސެންޓަރުތަކެއް މެދުވެރިކޮށް އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުމެވެ.

އެގޮތުން ”ސަރުކާރުގެ ޚިދުމާތު މަރުކަޒު“ތަކުގެ ގޮތުގައި އުފެއްދެވީ:

  1. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހއ. އަތޮޅު
  2. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ހދ. އަތޮޅު
  3. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ށ. އަތޮޅު
  4. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ނ. އަތޮޅު
  5. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ރ. އަތޮޅު
  6. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ބ. އަތޮޅު
  7. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ޅ. އަތޮޅު
  8. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ކ. އަތޮޅު
  9. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އއ. އަތޮޅު
  10. ސަރުކާރުގެ ޚިދުމާތު މަރުކަޒު – އދ. އަތޮޅު
  11. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ވ. އަތޮޅު
  12. ސަރުކާރުގެ ޚިދުމާތު މަރުކަޒު – މ. އަތޮޅު
  13. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ފ. އަތޮޅު
  14. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ދ. އަތޮޅު
  15. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ތ. އަތޮޅު
  16. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ލ. އަތޮޅު
  17. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގއ. އަތޮޅު
  18. ސަރުކާރުގެ ޚިދުމާތު މަރުކަޒު – ގދ. އަތޮޅު

ސަރުކާރުގެ ހިދުމަތު މަރުކަޒުތައް އުފެއްދެވުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ މަތިން އިންޓަގްރޭޓަޑް ސަރވިސް ސެންޓަރުތަކެއް މެދުވެރިކޮށް، އިދާރީ ދާއިރާތަކުން ލިބޭނޭ އިންތިޒާމު ހަމަޖެއްސެވުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި މަރުކަޒުތައް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް އިނގިރޭސިބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަންތަކާއި، ދައުލަތުގެ އޮފީސްތަކަށް ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ސަރުކާރުގެ ހިދުމާތު މަރުކަޒުތަކަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނެ މުއައްސަސާ ނަންބަރުތައް ހަމަޖައްސަވައިފައިވާ ގޮތުގެ ލިސްޓުވެސް ހިމަނުއްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: