ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއު އެހެން ތަނަކަށް ބަދަލުކުރުމުގެ ވިސްނުމެއް ނެތް: އަލައްބާރު

އީގަލް ހިލްސްގެ ޗެއަރމަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ތަރައްގީކުރަން ނިންމާފައިވާ މަޝްރޫއު އެހެން ތަނަކަށް ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، މިހާރު ކަނޑައަޅާފައިވާ ލޮކޭޝަން އެ މަޝްރޫއަށް އެކަށީގެންވާ ކަމަށް އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

މި މަޝްރޫއަކީ އައްޑޫ ސިޓީ ފަދަ ސަރަހައްދެއްގައި ހިންގުން މާ މުހިންމު އަދި ރަނގަޅު މަޝްރޫއެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، މަޝްރޫއުގެ ލޮކޭޝަނާމެދު އާންމުންގެ މެދުގައި އުފެދިފައިވާ ބަހުސްތަކާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އަލާއްބާރު ވަނީ މިހާރު ކަނޑައެޅިފައިވާ ތަނަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ.

އަލާއްބާރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖޯގްރަފީ އޭނާއަށް ވަރަށް ފުޅާ ދާއިރާއެއްގައި އެނގިވަޑައިނުގެންނެވި ނަމަވެސް، މިހާރު ރަސްމާލެ ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ މިފަދަ ބޮޑު މަޝްރޫއަކަށް ވަރަށް ރަނގަޅު އަދި އެކަށީގެންވާ ލޮކޭޝަނެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މި މަޝްރޫއު އެހެން އެއްވެސް ތަނަކަށް ބަދަލުކުރުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: