ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންވެސްޓަރުންނަށް ބިރު ދެއްކުން ހުއްޓާލަންޖެހޭ، ނަފުރަތާއި ދޮގުން ޓޫރިޒަމް އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ: ސައީދު

އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ބޭރުގެ އިންވެސްޓަރުންނަށް ބިރު ދެއްކުން ހުއްޓާލަންޖެހޭ ކަމަށާއި ނަފުރަތާއި ދޮގާއި ހަސަދައިން ޓޫރިޒަމް އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ސިޔާސީ ގޮތުން ހިޔާލު ތަފާތުވުމަކީ އިންވެސްޓަރުންނާ ދެކޮޅަށް ކެމްޕެއިންތައް ހިންގުމަށް ވެގެން ނުވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ލާބައާއި އުފެދޭ ފުރުސަތުތަކަށް ޓަކައި ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކާ އަމާޒުކޮށްގެން އިދިކޮޅު ފަރާތްތަކުން ކެމްޕެއިންތައް ހިންގުން ހުއްޓާލަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިންވެސްޓްކުރަން އަންނަ އިންވެސްޓަރުންނަށް އަމާޒުމޮށް ދޮގު ވާހަކަތައް ފެތުރުމާއި އެމީހުންނަށް ބިރުދެއްކުން ހުއްޓާލުމަކީ ގައުމުގެ ކުރިމަގަށްޓަކައި ކުރަންޖެހޭ މުހިއްމުކަމެއް ކަމަށެވެ.

ދުނިޔޭގެ ވިޔަފާރީގެ ވާދަވެރިކަމުގައި އެފަދަ ކަންކަމުން ފައިދާ ނަގަން ބޭނުންވާ ފަރާތްތަކަށް، އެފަދަ ދޮގު ވާހަކަތައް ވާނީ ހިތްގައިމު މިޔުޒިކަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަބޫލުކުރަން ދަތިވިޔަސް، ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ތަނބަކި ޓޫރިޒަމް ކަމަށާއި ޓްރެވަލް އަދި ޓޫރިޒަމް އިންޑަސްޓްރީގެ ޓްރެންޑަކީ ބަދަލުވަމުން “އިވޯލްވް”ވަމުންދާ އެއްޗެއް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެއީ ޓޫރިޒަމްގެ ހަގީގަތް ކަމަށާއި ނަފުރަތާއި ދޮގާއި ހަސަދައަކުން އެ އިންޑަސްޓްރީ ބިނައެއް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގާނީ ރާއްޖޭގެ ގާނޫނު ކަމަށާއި ރާއްޖޭގެ ގާނޫނުއަސާަސީ އާއި ހިލާފު އެއްވެސް ކަމެއް ރާއްޖޭގައި ނުހިންގޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެންކަމުން ކަންކަމުގެ ހަގީގަތް ބެއްލެވުމުގެ ބަދަލުގައި ދޮގު ހަބަރާއި ނަފުރަތު ފެތުރުން ހުއްޓާލުމަށް އިލްތިމާސްކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދުގެ އެކްސް އެކައުންޓުން އެ ޕޯސްޓު ކޮށްފައިވަނީ، ރާއްޖޭގެ ނޫހެއްގެ ޚަބަރުތަކެއް ”ފޭކް ނިއުސް“ގެ ނުވަތަ ދޮގު ހަބަރުގެ ގޮތުގައި އޭނާ ސިފަކުރައްވާފައިވާ ސްކްރީންޝޮޓުތަކަކާ އެކުއެވެ. އެ ހަބަރުތަކަކީ ރާއްޖޭގެ ރިއަލް އިސްޓޭޓް ޕްރޮޕަޓީތަކަށް އިންވެސްޓްކޮށްގެން ރާއްޖޭގެ ރެޒިޑެންސީ ލިބޭ ގޮތަށް ސަރުކާރުން ފަށާ ”ޕާލް ރެޒިޑެންސީ ޕްރޮގްރާމް“އާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ހަބަރުތަކެކެވެ.

”ޕާލް ރެޒިޑެންސީ ޕްރޮގްރާމް“ގެ އިތުރުން، ރަސްމާލެއިން ބޮޑު ބިމެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޫކޮށް ހިންގަން އުޅޭ މޯލްޑިވްސް ފޯޓާފްރަންޓް އެންޑް މެރީނާ މަޝްރޫއަކީ ވެސް ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ނުރައްކާވާ ގޮތަށް ހިންގަން އުޅޭ މަޝްރޫއެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: