ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ މަޝްރޫއުން ބޭރުގެ އެއް ގައުމަކަށް ވިއްކޭނީ ގިނަވެގެން 25 ޕަސެންޓް، އިޒްރޭލަށް މުޅިން މަނާ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއުގެ ދަށުން ވިއްކާ ޕްރޮޕަޓީތަކުން ބޭރުގެ ވަކި އެއް ގައުމެއްގެ ރައްޔިތުންނަށް ގިނަވެގެން ގަނެވޭނީ 25 އިންސައްތަ ކަމަށް ކަނޑައަޅައި ގާނޫނީ އިންތަކެއް ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަމަވެސް މި ތަންތަން ގަތުމުގައި ދިވެހި ރައްޔިތުންނަށް އެއްވެސް ހިފެހެއްޓުމެއް ނުވަތަ ހުރަހެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި މަޝްރޫއުގެ ދަށުން ޕްރޮޕަޓީ ގަތުމުގައި ބޭރުގެ ފަރާތްތަކަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާއިރު، އިޒްރޭލުގެ ރައްޔިތުންނަށް އެއްވެސް ޕްރޮޕަޓީއެއް ހޯދުމާއި ގަތުން ގާނޫނުން މުޅިން މަނާވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުން މިހާރުވެސް ޕްރޮޕަޓީ ގަތުމަށް އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރަމުންދަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ނުވަތަ އަރަބި އިސްލާމީ ގައުމުތަކުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލެއިން ވިއްކާ ޕްރޮޕަޓީތަކުގެ އަގުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 1،000 އަކަފޫޓުގެ ޕްރޮޕަޓީއެއް ވިއްކަނީ ގާތްގަނޑަކަށް 600،000 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 9.2 މިލިއަން ރުފިޔާ) ކަމަށެވެ. އަދި މިއީ ރާއްޖޭގެ މެދުފަންތިއާއި މަތީފަންތީގެ މީހުންނަށް ގަނެވޭނެ އަގެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށާއި، މި މަޝްރޫއު ކުރިއަށްދާނީ ރާއްޖޭގެ ގައުމީ އައިޑެންޓިޓީއާއި އިޖްތިމާއީ ފޭރާމަށް ފުރިހަމައަށް ރައްކާތެރިވެގެން ކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: