ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާދިއްތަދުވަހު ޕޮޒިޓިވްވި މީހުންގެތެރޭގައި، 07 ކުޑަކުދިން ހިމެނޭ: ހެލްތު މިނިސްޓްރީ

ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް އާދިއްތަދުވަހު ޕޮޒިޓިވްވި މީހުންގެތެރޭގައި، 07 ކުޑަކުދިން ހިމެނޭކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮވިޑް-19 އަށް އާދިއްތަ ދުވަހު ޕޮޒިޓިވްވެފައިވަނީ، 58 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ، 25  ދިވެހިންނާއި،  ބަންގްލަދޭޝްގެ 13 މީހަކާއި،  އިންޑިއާގެ 14 މީހަކާއި، ނޭޕާލުގެ 06 މީހެއްކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

https://twitter.com/HPA_MV/status/1264628168973049856?s=19

މި ގޮތުން ޕޮޒިޓިވްވި 25 ދިވެހިންގެތެރޭގައި، 07 ކުޑަކުދިން ހިމެނޭކަމަށް ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭގެތެރޭގައި، ޢުމުރުން 13 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ އަންހެން ކުއްޖަކާއި، 11 އަހަރުގެ އަންހެން ކުއްޖަކާއި، 8 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން، 9 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ.

މީގެ އިތުރުން، 06 އަހަރުގެ އަންހެން ކުއްޖަކާއި، ފިރިހެން ކުއްޖަކު ވެސް ހިމެނެއެވެ.

ކޮވިޑް-19 އިގެ އެންމެ ނުރައްކާތެެރިކަން ބޮޑީ، ކުޑަކުދިންނަށާއި ޢުމުރުން ދުވަސްވީ މީހުންނަށެވެ. މި ގޮތުން ބަލާއިރު، ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 05 މީހުންގެތެރޭގައި ޢުމުރުން ދުވަސްވީ މީހުން ވެސް ހިމެނެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރި މިހާރު މިވަނީ 1371 މީހަކަށް މި ވައިރަސް ޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ، ބަންގްލަދޭޝްގެ 688 މީހަކާއި، 494 ދިވެހިންނާއި، އިންޑިއާގެ 140މީހަކާއި، ނޭޕާލުގެ 22 މީހެއްގެ އިތުރުން، އިޓަލީގެ 11 މީހަކާއި، ލަންކާގެ 09 މީހަކާއި، ޕާކިސްތާނުގެ 3 މީހަކާއި، އެހެނިހެން ޤައުމުތަކުން 4 މީހެކެވެ.

މީގެތެރެއިން އެކްޓިވް ކޭހުގެ އަދަދަކީ 1221 ކަމަށްވާއިރު، 144 މީހަކު މިހާރުވަނީ ބަލިން ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: