ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބި ޗައިނާގެ 274 މީހަކު އަނބުރާ ޤައުމަށް ގެންގޮސްފި

ފޮޓޯ: އެމްއޭސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި ޗައިނާގެ 274 މީހަކު، އަނބުރާ އެ ޤައުމަށް ފުރުވާލައިފިއެވެ.

މިކަން ހާމަކޮށް، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހޯމަވިލޭރޭ ކުރި ޓްވީޓެއްގައި ބުނީ، ޗައިނާއަށް ފުރުވާލި މީހުންގެތެރޭގައި ހިމެނެނީ، އެ ޤައުމުގެ ވޫހާންއަށް ދާ 138 މީހެއްގެ އިތުރުން، ޖެންގް ޖޯ އަށް ދާ 136 މީހެއްކަމަށެވެ.

https://twitter.com/MACLmedia/status/1264598517059739649?s=19

މި އެންމެން ވެސް ޗައިނާއަށް ގޮސްފައިވަނީ، އެ މީހުން ޗައިނާއަށް ގެންދިއުމަށްޓަކައި ރާއްޖެއަށްއައި ޗައިނާގެ އީސްޓަން އެއަރލައިނުގެ ދެ ފްލައިޓްކަމަށްވާ MU 7260 އާއި، MU 7256 ކަމަށް އެމްއޭސީއެލްއިން ހާމަކޮށްފައިވެއެވެ.

ކޮވިޑް-19 އިގެ ސަބަބުން، މާލޭސިޓީ ލޮކްޑައުންކުރުމާއި ގުޅިގެން، ޤައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ބިދޭސީން، އެ މީހުންގެ ޤައުމުތަކަށް ފޮނުވައިލުމުގެ މަސައްކަތްތައް ދިވެހި ސަރުކާރުންދަނީ ކުރަމުންނެވެ.

މި ގޮތުން، އިންޑިއާއާއި، ޖަޕާނާއި، ކޮރެޔާއާއި، އިންޑޮނޭޝިއާ އާއި، ސްރީލަންކާގެ އިތުރުން ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ، ޤައުމަށް ގެންގޮސްފައެވެ.

މި ގޮތުން، ހުކުރުދުވަހު ވެސް، އިންޑިއާގެ 153 މީހަކާއި، ބަންގްލަދޭޝްގެ 350 މީހަކުވަނީ ފޮނުވައިލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: