ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިއު ނޯމަލްގެ އުސޫލުތައް އާންމުކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދަށް ނެރިފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ނިންމާފައިވާއިރު، ”ނިއު ނޯމަލް“ ގެ ޙާލަތުގައި ޢަމަލުކުރާ ގޮތުގެ އުސޫލްތައް ވަރަށް އަވަހަށް އާއްމުކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އަމީން ވިދާޅުވީ ”ނިއު ނޯމަލް: ގައި އަމަލުކުރާނެ ގޮތުގެ އުސޫލުތައް ކުރިއަށް ދެ ދުވަހެއްގެ ތެރޭގައި އާންމު ކުރައްވާނެ ކަމަށެވެ.

އަމީން ވިދާޅުވީ ނިއު ނޯމަލްގެ އުސޫލުތައް އެކުލަވާލައި ތައްޔާރުކޮށްފައިވަނީ ޑޮކްޓަރުންނާއި ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާތަކަށް ފަހު ކަމަށެވެ. އަދި އުސޫލާމެދު ޕޮލިސީ ލެވެލްގައި މަޝްވަރާކޮށް އެ ފިޔަވަޅުތައް އާއްމު ކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ނިއު ނޯމަލްގެ އައު އާއްމު ޙާލަތުގައި ހޮސްޕިޓަލަށް ޑޮކްޓަރަށްދައްކަންދާ މީހުންގެ ޢަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭކަމަށާއި އެކިއެކި ބަލިތަކަށް ފަރުވާހޯދާ މީހުންގެ ޢަދަދުވެސް އިތުރުވެގެން ހިނގައިދާނެކަމަށް ލަފާ ކުރެވޭކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ނިއު ނޯމަލްގެ ޙާލަތުގައި ޑޮކްޓަރަށް ދައްކަން ހޮސްޕިޓލްއަށް ދާނެގޮތްތަކާއި ފުލޫ ކްލނިކްތަކަށް ޑޮކްޓަރަށް ދެއްކޭނެ ގޮތްތައް ބަޔާންކޮށްފައިވާ ހުންނާނެކަމަށެވެ.

މީގެ އިތުރުން ހޮސްޕިޓަލްތަކުން ބޮޑަށް އިސްކަން ދޭނީ ކޮވިޑް-19 ފިޔަވައި ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި ކުއްލި ޙާލަތުގައި ޚިދުމަތްދޭންޖެހޭ ކަންތައްތަކަށް ކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކޮންމެހެން ފަރުވާ ހޯދަން ދާންޖެހޭ މީހަކަށް ހޮސްޕިޓަލަށް ދެވޭނެގޮތްތަކަށް، އަލުން އިންތިޒާމްތައް ހަމަޖެއްސުމަކީ އަލަށް އެކުލަވާލާ އުޞޫލްގައި އެކުލަވާލަންޖެހޭ ކަމެއް ކަމަށާއި ޚާއްސަކޮށް ލޮކްޑައުންގައި ޑޮކްޓަރަށް ދެއްކުމަށް ދިމާވި ދަތިތަކާއި އެ ތަޖުރިބާތައް ބޭނުންކޮށްފައިވާނެ ކަމަށެވެ.

އޭޕްރިލް މަހުގެ 15 ވަނަ ދުވަހު، މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއް ފެނުމާއެކު މާލެ ސަރަހައްދު ލޮކްޑައުން ކުރިއެވެ. އަދި އޭގެ ފަހުން އެ މުއްދަތު އަންނީ އިތުރު ކުރަމުންނެވެ. ނަމަވެސް މިމަހުގެ 28 ވަނަ ދުވަހުގެ ފަހުން ލޮކްޑައުންގެ ހާލަތަށް ލުޔެއް ދިނުމަށް ސަރުކާރުން އަންނަނީ ވިސްނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: