ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ދައުރު ދެންމުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމާއި މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދަން މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ކައުންސިލް އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން ގާނޫނުއަސާސީ އަށް އިސްލާހު ގެނެއުމާއި މެދު ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. 

އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހަށް މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ހަމަވާތީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަސް މެމްބަރުންގެ މެދުގައި ހިޔާލް ތަފާތުވުމުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަސް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޢަފޫރު މޫސާއެވެ. 

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމަށް ފާސްކޮށްފައި ވަނީ61 މެމްބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް ވޯޓް ދެއްވީ އެންމެ މެމްބަރެކެވެ.

ގަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރަން މެންބަރުންނަށް އިއްތިފާގު ނުވެވޭ ކަމަށެވެ. ގާނޫނީ ހުސްކަން ފޫބެއްދެން އޮތް ގާނޫނީ ހަމައަކީ ކޮބައި ކަމާއި ގާނޫނު އަސާސީ އިސްލާހުކޮށް ކައުންސިލަރުންގެ ދައުރު ދިގުކުރުމުން އަންނާނެ ގާނޫނީ މައްސަލަތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ހުށަހަޅާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ލަފައެއް ހޯދަން ތަޅުމަށް ހުށަހެޅިއިރު، ކައުންސިލްތަކަށް އަންނަ ގާނޫނީ ހުސްކަން ފޫބެއްދޭނީ ކައުންސިލްތަކުގެ ދައުރު ދިރުކުރަން ގާނޫނު އަސާސީ އިސްލާހުކޮށްގެން ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި މަޖިލީހުގެ ކައުންސިލަ ޖެނެރަލް ފާތިމަތު ފިލްޒާ މަޖިލީހަށް ލަފާ ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: