ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮކްޑައުންއަށް ލުއިތަކެއް: މީގެ މާނައަކީ ކޮވިޑު ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން!

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން މާލެ ސަރަހައްދުގައި އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު ހަފުތާއަކަށް ދަމާލާއި ލޮކްޑައުންގެ ހާލަތުގައި ލުއި ތަކެއް ދޭއިރު ވެސް ސަމާލުވާން ޖެހޭ ގިނަ ކަންތަކެއް ހުންނާނެ ކަމަށް ހެލްތް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

ލޮކްޑައުންއަށް ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ބައެއް ފިހާރަތައް ހުޅުވާލުމާއި ގޭބިސީއަކުން މަގުމައްޗަށް ނިކުމެ އުޅެވޭ މީހުންގެ އަދަދާއި ބޭރަށް ނިކުމެގެން އުޅެވޭ ގަޑި ވަނީ އިތުރުކޮށްފަ އެވެ. އޭގެ އިތުރުން ބައެއް ވިޔަފާރިތަކަށް ވެސް ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ފުރަތަމަ ފިޔަވަހީގައި ދޭ ލުއިތައް ބިނާކޮށްފައި ވަނީ މީހުންނަށް ނުކުމެ އުޅެވޭނެ ގޮތާއި އިގްތިސޯދީ ހަރަކާތްތަކަށް ފުރުސަތު ދިނުން ފަދަ ކަންތައްތަކަށް ކަމަށެވެ. އަދި ވިޔަފާރި ކުރުމަށް ލިބޭނެ ޖާގަ ދިނުމާއި މާލޭ ސަރަހައްދުގައި ދަތުރުފަތުރު ކުރުމަށް ލިބޭ ލުއިތަކާއި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް ހުރި ދަތިތަކަށް ވެސް ލިޔެއްދޭން ނިންމާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.

29 ވަނަ ދުވަހުން ފެށިގެން ލުއި ދެވޭ ކަންކަން

1. ކަމާ ބެހޭ ފަރާތްތަކުގެ ހުއްދައާ އެކު ގޭބިސީތަކުން ނުކުމެވޭ އަދަދު އިތުރު ކުރެވި، އަދި ބޭރުގައި ހޭދަކުރެވޭ ވަގުތު އިތުރު ކުރެވޭނެ

2. ބޭރަށް ނުކުމެ އުޅޭއިރު، ބޭރުގައި އުޅޭނެ ޒޯނުތައް އިތުރު ކުރެވިގެންދާނެ

3. ސުޕަމާކެޓް، ބޭކަރީ، ކަންމަތީ ފިހާރަ، ފާމަސީ، ބުކްޝޮޕް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް، އަދި ހާޑްވެއާ ފިހާރަތައް ހުޅުވޭނެ. މޮބައިލް ފޯނު ފިހާރަ، އިލެކްޓޯނިކް ފިހާރަ، ފޮތި ފިހާރަ، ކުޅިވަރު ސާމާނު ފިހާރަ، ކޮސްމެޓިކްސް އަދި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ޑެލިވާކުރުމަށް ފުރުސަތު ހުޅުވޭނެ

4. ޑެލިވަރީ ސާވިސް، އޮޓޯ މޮބައިލް، އިލެކްޓްރޯނިކްސް ރިޕެއާ، ވޯކްޝޮޕް ޚިދުމަތް، ހުޅުވާނެ.

5. މަސްމާރުކޭޓުވެސް މާދަމާ އިން ފެށިގެން ހުޅުވޭނެ

6. ފުރަތަމަ ދެ ހަފްތާގައި ތިން ދުވަހަށް، އަދި ދެވަނަ ހަފްތާއިން ފެށިގެން ފަސް ދުވަހަށް ބޭންކުގެ ޚިދުމަތް ހުޅުވޭނެ

7. ފުރަތަމަ ހަފްތާގައި ރެސްޓޯރަންޓު އަދި ކެފޭތަކުން ދެވޭނީ ޑެލިވަރީގެ ޚިދުމަތް. އަދި ދެވަނަ ހަފްތާ އިން ފެށިގެން ޓޭކްއަވޭ އަދި ޑެލިވަރީގެ ޚިދުމަތް ދެވޭނެ

8. ފްލޫ ކްލިނިކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ ހުއްދަ ދެވޭނެ

9. ފުރަތަމަ ފިޔަވަހީގައި ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރޭވިފައެއް ނެތް. އެހެންނަމަވެސް ހުއްދަ ލިބޭ ވަރަކަށް އެ އޮފީސްތަކުގައި މަސައްކަތް ކުރުމުގެ ހުއްދަ ލިބިގެންދާނެ

10. އިކޮނޮމިކް މިނިސްޓްރީގެ ހުއްދައާ އެކު އަމިއްލަ އޮފީސްތަކަށް ޚިދުމަތްދެވޭނެ ގޮތްތައް އިއުލާން ކުރެވިގެންދާނެ

11. ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ވެސް ޚާއްސަ ހުއްދައެއް ދެވޭނެ

މީގެ އިތުރުން އެންއީއޯސީގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ލަތީފް ވިދާޅުވީ ލޮކްޑައުންއަށް ލުއި ދިނުމުގެ މާނައަކީ ކޮވިޑު ބަލި ރާއްޖެއިން ފިލައިގެން ދިއުމެއް ނޫން ކަމަށެވެ. ރާއްޖެ މި ބައްޔާއި އެކު ގިނަ ދުވަހު އުޅެންޖެހޭނެކަން ފާހަގަކުރައްވާ ޑރ. ލަތީފް ވިދާޅުވީ ލުއިތަކާއި އެކު ކޭސްތައް އިތުރުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ފާއިތުވޭ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑު ބަލި ޖެހޭ މީހުންގެ އަދދުތައް ދަށް ވެގެން ދިޔަ ކަމަށާއި، ގިނައީ ކްލަސްޓާތަކާއި ގުޅުން ހުރި ކޮންޓެކްޓް ޓްރޭސިންއަށް ފާހަގަކުރެވިފައިވާ މީހުންގެ ގޮތުގައި ޑރ. ލަތީފް ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ސިއްހީ ނިޒާމު ކޮވިޑު ބައްޔަށް ފަރުވާދިނުމަށް ތައްޔާރުކަމާއި އެކަށީގެންވާ ފެސިލިޓީތައް އެބަހުރިކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޭސްތައް އިތުރުވެއްޖެ ހާލަތެއްގައި އެ ހޭންޑަލް ކުރެވޭނެ ވަރުގެ ކެޕޭސިޓީ އެބަހުރި ކަމަށާއި، ލޮކްޑައުންގް ނަތީޖާ އެނގޭނީ ލުއިތައް ދޭން ފެށުމުން ކަމަށް ޑރ. ލަތީފް ވިދާޅުވިއެވެ. ލުއިތައް ދޭން ފަށާތާ ދެ ހަފްތާފަހުން ކޭސްތަކަށް ބަދަލުތަކެއް އަންނާނެ ކަމަށާއި، ލޮކްޑައުން އެއްކޮށް އުވާނުލެވޭނީ ބަލީގެ ނިސްބަތް މާބޮޑުތަނުން އިތުރުވެދާނެތީކަން ޑރ. ލަތީފްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: