ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދުގެ ހާއްސަ އިންޓަވިއުއެއް މިރޭ ސަންގު ޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި އިންޓަވިއު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ މިރޭ 20:00 ގައި ސަންގު ޓީވީގެ ނިއުސްރޫމުގައެވެ.
މިއީ ގައުމީ ފެންވަރުގައި ފާހަގަކުރާ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ގެނެސްދޭ ހާއްސަ އިންޓަވިއުއެއް ކަމަށްވާއިރު، ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ތާރީހާއި، ޑިމޮކްރަސީގެ ދަތުރުގެ އިތުރުން ގައުމުގެ މިހާރުގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ރައީސް ނަޝީދު މުހިންމު ވާހަކަފުޅުތަކެއް މި އިންޓަވިއުގައި ހިއްސާކުރައްވާނެއެވެ.
މިރޭ 20:00 ގައި ގެނެސްދޭ މި ހާއްސަ އިންޓަވިއު ސަންގު ޓީވީގެ ޗެނަލުން ދެއްކުމުގެ އިތުރުން، ސަންގު ޓީވީގެ ފޭސްބުކް ޕޭޖާއި ”އެކްސް“ މެދުވެރިކޮށް ވެސް ވަގުތުން ލައިވްކުރާނެއެވެ.

