ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވުންތައް ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް ފުލުހުން އިލްތިމާސްކޮށްފި

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް. ފޮޓޯ: ޕޮލިސްލައިފްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވުންތައް ބާއްވަންވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށާއި، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދަތިނުވާނޭހެން އެއްވުންތައް އިންތިޒާމުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިރޭ މާލޭގައި ބޭއްވުމަށް ރާވަމުންދާ އެއްވުމަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިރޭގެ އެއްވުމުގައި ބައިވެރިވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި އާންމު ދަތުރުފަތުރާއި ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން އެއްވެސް ފަރާތަކުން ދިވެހި ފުލުހުންގެ ޚިދުމަތަށް މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

އެހެންކަމުން، ކުރިން އެންގުމަކާ ނުލައި އެއްވުމަށް ހުއްދަ ކޮށްފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް އެއްނުވުމަށާއި، އެ އެއްވުން ޤާނޫނީ އިމުގެ ތެރެއިން ބޭއްވުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް ފުލުހުން ވަނީ އަންގާފައެވެ. އަދި މިފަދަ އެއްވުންތަކުގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ އާންމުންނަށް ދަތިތަކާ ކުރިމަތިލާންޖެހޭތީ، އެއްވެސް ފަރާތަކަށް ދަތިނުވާނޭހެން ކަންކަން ރޭވުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު، އެއްވުމުގެ ތެރެއިން ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް އަމަލެއް ހިންގައިފިނަމަ، އެފަދަ ކަންކަން ވަގުތުން ހުއްޓުވައި، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ހަނދާންކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: