ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ލިބިއްޖެ ނަމަ، ޤާނޫނާ ޚިލާފަށް ދޫކުރާ ބިންތައް އަތުލާނަން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަންގުޓީވީއަށް ދެއްވި އިންޓަވިއުގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތަނުގައި ރައްޔިތުންގެ އިތުބާރާއެކު ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ، މިހާރު ޤާނޫނާ ޚިލާފަށް ދޫކުރަމުންދާ ބިންތައް ދައުލަތަށް އަނބުރާ އަތުލައްވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދުބާއީގެ އިންވެސްޓަރުންނަކީ ބޮޑެތި ޚަރަދުތައް ކޮށްގެން އިންވެސްޓްކުރާ ބައެއް ކަމަށާއި، ގެއްލުންވާނެ ގޮތަކަށް އެ ފަރާތްތަކުން އަމަލެއް ނުކުރާނެއެވެ. އަދި މި މައްސަލައިގައި ދިވެހި ރައްޔިތުންގެ މެދުގައި ނުރުހުމާއި ނަފްރަތު އޮތް މިންވަރު އިންވެސްޓަރުންނަށް މިހާރު ފެންނާނެ ކަމަށާއި، ރާއްޖޭގެ ހާލަތާއި ރައްޔިތުންގެ ވިސްނުން ހުރިގޮތް ރަނގަޅަށް ނުބަލައި އަވަސްއަރުވާލައިގެން އެ ފަރާތްތަކުން މި މަޝްރޫޢު ފަށައިގަންނާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، އިންވެސްޓަރުން ވެސް މިކަމަށް ޤާނޫނީ ބާރެއް ލިބޭތޯ ވިސްނާނެ ކަމަށާއި، މިކަމަށް ޤާނޫނެއް ނެތް ކަމަށް ބަންޑާރަނައިބު ވިދާޅުވެފައިވާތީ ޤާނޫނެއް ހެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބެލެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މެންބަރުންގެ މެދުގައި މުޅިން އެއްބަސްވެވިފައި ނެތް ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާ ގޮތަށް އެކަން ފާސްނުކޮށްދޭނެ ވާހަކަ މެންބަރުން ވިދާޅުނުވާ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މިފަދަ ބޮޑު ނަފްރަތެއް އޮތް ކަމެއް ކުރިއަށް ގެންދިއުމަކީ އިންވެސްޓަރުންނަށް ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަން ފާހަގަކުރައްވައި، މި ބިންތައް އަނބުރާ އަތުލެވިދާނެތޯ ދެންނެވުނު ސުވާލަށް އެމަނިކުފާނު ސީދާ ޖަވާބެއް ދެއްވިއެވެ. އެގޮތުން ވެރިކަން ލިބިވަޑައިގެންފި ނަމަ އެއްވެސް ޝައްކެއް ނެތި އެ ބިންތައް ދައުލަތަށް އަތުލައްވާނެ ކަމަށް ވިދާޅުވިއެވެ.

”މި ބިން ހަމަ މިމީހުން އަތުން އަތުލެވޭނެ. އެއީ ޤާނޫނާ ހިލާފަށް ދޭ ބިމެއް. އެހެންވީމާ ކޮންމެ ދުނިޔޭގެ ކޯޓަކަށް ދިޔަސް، އާބިޓްރޭޝަނަށް ދިޔަސް މިކަން ވާނީ ބާތިލް،“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ތަކުރާރުކޮށް ވިދާޅުވީ، މިއީ ޤާނޫނީ ހަމަތަކުގެ މަތިން ދައުލަތަށް އަނބުރާ ނެގޭނެ ބިންތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: