ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ ’ނިއު އިޒްރޭލް‘ އަކަށް ހަދަން ފުރުސަތު ދީގެން ނުވާނެ: އަލީ ހުސައިން

އަލީ ހުސެން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޒަޔަނިސްޓުން އާބާދުކޮށް މި ސަރުކާރުން މަސައްކަތް ކުރަނީ ”ނިއު އިޒްރޭލް“ ގާއިމުކުރުމަށްކަމަށާއި، ދިވެހި ރައްޔިތުން އެކަމަށް ފުރުސަތު ދީގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ރޭ ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ދުނިޔޭގައި ރޭވުންތެރިކަމާއެކު ފަންޑު ހޯދައިގެން އެކި ގައުމުތަކަށް ގޮސް އާބާދުވާން މަސައްކަތްކުރާ ހަމައެކަނި ބަޔަކީ ޒަޔަނިސްޓުން ކަމަށެވެ. އަދި މިއަދު ދުނިޔޭގެ ކޮންމެ ދިމާއަކުން ބެލި ނަމަވެސް، އެމީހުންގެ އަމާޒަކީ ރާއްޖެ ކަމަށް ތުހުމަތުކުރައްވައިފައެވެ.

”ޔަހޫދީއެއް ގާތު ދާން ބޭނުންވަނީ ފަލަސްޠީނަށްތޯ ނުވަތަ ދިވެހިރާއްޖެއަށްތޯ އަހައިފިނަމަ، ޖަވާބު ވަރަށް ސާފުވާނެ. ރާއްޖޭގައި މިއުޅެނީ ’ނިއު އިޒްރޭލް‘ އެއް ޤާއިމުކުރަން“ އަލީ ހުސެއިން ވިދާޅުވިއެވެ.

ރަސްމާލެ ފަދަ ސަރަހައްދުތަކުން ބޭރުގެ ޣައިރު ދީންތަކުގެ މީހުންނަށް ރަށްވެހިކަމާއި ބިން ދީފިނަމަ، ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން އެމީހުން އަޅުކަންކުރާނެ ފައްޅިތަށް އަޅަން ދައުވާކުރާނެ ކަމަށާއި، އެ ހިސާބުން އެމީހުން ބޭރުކުރުމުގެ ބާރު ދިވެހިންނަށް ގެއްލޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ 900 އަހަރުވީ ސައްތައިން ސައްތަ އިސްލާމީ ގާއުމަކަށްވާއިރު، ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

އަލީ ހުސައިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީގެ މެނިފެސްޓޯގައި ބޭރު މީހުން ރާއްޖޭގައި އާބާދުކުރުމުގެ އެއްވެސް ވާހަކައެއް ނެތް ކަމަށާއި، ރައްޔިތުން ވޯޓު ދިނީ އެފަދަ ކަމަކަށް ނޫން ކަމަށެވެ. އެހެންކަމުން، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކުރާ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާ ޙިމާޔަތްކޮށް، މި ބިމުގައި ޒަޔަނިސްޓުން ވަޒަންވެރިކުރުމަށް ސާފުކޮށް ”ނޫނެކޭ“ ބުނުމަށް ރައްޔިތުންނަށާއި ދިވެހި ދިފާޢީ ބާރުތަކަށް އޭނާ ގޮވާލި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައިގެން ”ރަސްމާލެ“ ނަމުގައި ހިންގާ ބިޔަ މަޝްރޫއުގެ ތެރެއިން، މަޝްރޫއުގެ ހަރަދު ހަމަޖެއްސުމަށްޓަކައި އީގަލް ހިލްސްއަށް ދިގު މުއްދަތަކަށް ބިން ދިނުމާއި، އެ ސަރަހައްދުން ބޭރުގެ ފަރާތްތަކަށް ބިން ވިއްކަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: