ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްއަށް ޓެސްޓު ކުރި މީހުންގެ ތެރެއިން މިއަދު ބައްޔަށް ޕޮޒިޓިވްވެފައި ވަނީ 22 މީހެއް

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު މަޑުމަޑުން ވަނީ ދަށް ވާން ފަށާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން 22 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ރިޕޯޓުކޮށްފިއެވެ.

ބައްޔަށް މިއަދު ޕޮޒިޓިވް ވި މީހުންގެ މައުލޫމާތު އާއްމުކޮށް އެޗްޕީއޭއިން ބުނެފައިވަނީ އޭގެ ތެރޭގައި ހިމެނެނީ 09 ދިވެއްސަކާއި، 10 ބަންގްލަދޭޝްގެ މީހުން އަދި އިންޑިއާގެ 03 މީހުން ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވް ވި މީހުންނާއި އެކު ރާއްޖޭގެ ޖުމްލަ ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 1،872 އެވެ. އަދި ބަލީގައި ފަރުވާ ދެމުން ދިޔަ މީހުންގެ ތެރެއުން ޖުމްލަ 648 މީހަކު ވަނީ ރަނގަޅުވެފައެވެ. އެހެން ކަމުން މިހާރު ފަރުވާ ދެމުން ދަނީ 1،215 މީހަކަށެވެ. ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ދަށް ވާން ފަށާފައިވާއިރު ބަލީގައި ރަނގަޅުވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: