ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި ތަހުގީގުތަކަކީ އުންމީދުކުރާހާ އަވަހަށް ނިންމޭނެ ކަންކަމެއް ނޫން: އިހުސާން

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ކުށްތަކާ ގުޅިގެން ހިންގާ ތަހުގީގުތަކަކީ އުންމީދުކުރާހާ އަވަސް މިނެއްގައި ނިންމާލެވޭނެ ބާވަތުގެ ކަންކަން ނޫން ކަމަށާއި، އެފަދަ ތަހުގީގުތަކަށް ވަރަށް ގިނަ ވަގުތު ބޭނުންވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބޮޑެތި މައްސަލަތަކުގެ ތަހުގީގުތަކުގައި ހަމައެކަނި މާލީ އެނަލިސިސް ހެދުމުގެ އިތުރުން، އެސެޓް އެނަލިސިސް ފަދަ ފުޅާ ދާއިރާއެއްގައި ގިނަ ދިރާސާތަކެއް ކުރަންޖެހެއެވެ. އަދި ބައެއް ކުށްތަކާ ގުޅޭ ނެޓްވޯކް ތަހުގީގުތައް ފުރިހަމަކުރުމަށް 6 މަސް، 8 މަސް ނުވަތަ 1 އަހަރު ދުވަސް ވެސް ހޭދަވާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ، މި ސަރުކާރުގެ ފާއިތުވި 3 އަހަރުގެ ތެރޭގައި މި ދާއިރާއިން ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

”ބޮޑެތި ތަހުގީގުތަކަކީ ވަގުތު ނަގައިގެން ވަރަށް ބައިވަރު އެނަލިސިސް ހަދަންޖެހޭކަމެއް އެހެންވީމަ އަޅުގަނޑުމެން އުންމީދުކުރާހާ ހޭޝްކޮށް ކަންކަން ކުރެވޭ ގޮތަކަށް ނޫން މިބާވަތުގެ ތަހުގީގުތައް މިހުންނަނީ،“ ވަޒީރު ވިދާޅުވިއެވެ.

ބޮޑެތި ކުށްވެރިންގެ މައްސަލަތައް ތަހުގީގު ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ގާނޫނުގައިވާ ގޮތުން އެ ގާނޫނެއް އައުމުގެ ކުރިން ކޮށްފައިވާ ކަންކަމަށް ފިޔަވަޅު އެޅުމުގައި ހުރި ހުރަސްތައް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އަމަލުކުރެވެމުންދާ ގާނޫނުތަކުގެ ދަށުން، ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް މުދާ ހޯދަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

މީގެއިތުރުން، މި ސަރުކާރުން އެފަދަ ކަންކަމަށް އެއްވެސް މިންވަރަކަށް ޖާގަ ނުދޭނެ ކަމަށާއި، ހައްޔަރުކުރެވޭ ފަރާތްތައް އަވަހަށް ޕްރޮސެކިއުޓްކޮށް، އަފުއާންމެއްވެސް ނުލިބޭނެ ގޮތަށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އެގްޒޯޓިކް ޖަނަވާރު ގެންގުޅޭ މީހުންނާއި، އަގުބޮޑު ވެހިކަލްތަކާއި އުޅަނދުފަހަރު އަދި ގެސްޓްހައުސްތައް ހިންގާ މީހުން ވެސް މަސްތުވާތަކެއްޗާ ގުޅުން ހުރިކަން ސާބިތުވެއްޖެނަމަ، އެ ހުރިހާ މުދަލަކާއި އެސެޓެއް ދައުލަތަށް ނަގާނެ ކަމުގެ އިންޒާރުވެސް ވަޒީރު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: