ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5،500 އަށްވުރެ ގިނަ ދުވުންތެރިން ވާދަކުރި ދިރާގު ރޯޑް ރޭސް ކާމިޔާބުކަމާ އެކު ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ދުވުމުގެ ހަރަކާތް، ”ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026“ ގެ 17 ވަނަ އެޑިޝަން، 5،500 އަށްވުރެ ގިނަ ދުވުންތެރިން ވާދަކޮށް  ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

އެކި ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ދުވުމުގައި ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވެފައިވާއިރު، ރޭހުގެ އެންމެ ފަހުގެ މައަލޫމާތާއި ލައިވް އަޕްޑޭޓްތައް ބަލައިލުމުގެ ފުރުސަތު ދިރާގުން ފަހިކޮށްދިނީ ހާއސްސަ ޑީއެމްއާރްއާރް މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށެވެ.

މި އެޕްލިކޭޝަނަކީ ދުވުންތެރިންނަށާއި އެ ފަރާތްތަކަށް ހިތްވަރުދޭން ތިބި ސަޕޯޓަރުންނަށް، ރޭހާ ގުޅޭ އެންމެހައި މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ އެޕެކެވެ. އެގޮތުން ދުވުމުގެ މުހިންމު އިރުޝާދުތަކާއި، ދުވުންތެރިންގެ ރޭންކިންގ އަދި ނަތީޖާގެ ތަފްޞީލުތައް އެޕް މެދުވެރިކޮށް ވަގުތުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

މީގެ އިތުރުން އެޕްލިކޭޝަނުގައި ހިމެނޭ ’ލައިވް ޓްރެކިން‘ ފީޗާގެ އެހީގައި، ދުވުންތެރިން ރޭހުގައި ޙަރަކާތްތެރިވަމުންދިޔަ ހިސާބު އެ މީހުންގެ ޢާއިލާތަކަށާއި ރަޙްމަތްތެރިންނަށް ކޮންމެ ތަނެއްގައި ތިބެގެން ވެސް ވަގުތުން ބަލައިލެވުނު ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ޑީއެމްއާރްއާރް މޮބައިލް އެޕްލިކޭޝަން މިހާރު ވެސް އެންޑްރޮއިޑް އަދި އައިއޯއެސް ޑިވައިސްތަކަށް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: