ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ މުވައްޒަފުންނަށް އަޅާ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ: އިހްސާން

ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސްގެ މުވައްޒަފުންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން އަޅާ ފްލެޓްތަކުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ކަސްޓަމްސްގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވަނީ ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ސަރަހައްދުގައި ފްލެޓު އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށިގެންދާނެކަމަށް ވިދާޅުވެފައެވެ.

”ކުރިއަށް އޮތް ތަނުގައި ކަސްޓަމްގެ މުވައްޒަފުންނަށް އެލޮކޭޓު ކުރެވިފައި އޮތް ސަރަހައްދެއް އެބައޮތް ހުޅުމާލޭގައި. އެތަނުގައި ފްލެޓްތައް އެޅި ތިބޭފުޅުންގެ ބޯހިޔާވަހިކަމަށް ހާއްސަކޮށް މިވަގުތު ވަޒިފާގައި ތިއްބެވި ބޭފުޅުން ވަރަށް ލުކް ފޯވަޑްކުރާނެ ކަމެއް އެތަނުގައި ތިބޭފުޅުންނަށް ބޯހިޔާވަހިކަން ލިބިގެން ދިއުމަކީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރަކީ އެތަނުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރު،“ އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ބަޖެޓާއި އަދި ފިސްކަލް ކަންކަމަށް ބަލާއިރު މުއައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ އުނދަގޫކަމަކަށް ވީނަމަވެސް ކަސްޓަމްސްގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވާފައި ކަމަށާއި މިއީ ހައްސާސީ އިދާރާތަކުގައި މަސައްކަތްކުރާ މުއައްޒަފުންގެ މުސާރައަށް ގެނެވުނު ރަނގަޅު ބަދަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

”ދައުލަތުގެ ބަޖެޓާއި ފިސްކަލް ކަންކަން ހުރިގޮތަށް ބަލާފައި އުދަނގޫ ކަމެއް އެހެންނަމަވެސް ރައީސް ޑރ. މުއިއްޒު ވަނީ ތިބޭފުޅުން ކުރައްވާ މަސައްކަތްތައް ބައްލަވައި އޭގެ އަގު ވަޒަންކުރައްވާފައި،“ ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކަސްޓަމްސްގެ މުހިންމު ތާރީހީ މައުލޫމާތުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ”އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ހިދުމަތުގައި 136 އަހަރު“ މި ނަމުގައި ހާއްސަ ފޮތެއް ވަނީ ނެރެފައެވެ.

މީގެ އިތުރުން، ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެކި ދާއިރާތަކުން އިނާމާއި ޝަރަފުގެ ކުލަ ވަނީ ދީފައެވެ. އެގޮތުން، ކަސްޓަމްސްގެ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ”ރައީސުލްޖުމްހޫރިއްޔާގެ ކުލަ“ 4 އޮފިސަރަކަށް އެރުވިއިރު، 20 އަހަރު ދުވަހު ހިދުމަތްކުރެއްވި 29 މުވައްޒަފަކަށް ރަން ބެޖު އަރުވާފައިވެއެވެ. އަދި ހިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 28 އޮފިސަރަކަށް ކޮމިޝަނާ ޖެނެރަލްގެ ހާއްސަ އެވޯޑު ވަނީ އަރުވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: